ކުޑަކުދިންގެ ހިޔާގެ ކުއްޖަކު އަނަންތާރާ މޯލްޑިވްސްގެ އިންޓަރންޝިޕް ފުރިހަމަކޮށް ދަސްވެނިވެއްޖެ
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖަކު އަނަންތާރާ މޯލްޑިވްސްގެ 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ. 2014ވަނަ އަހަރުން ފެށިގެން އަނަންތާރާ ރިސޯޓުން ކުރިއަށް ގެންދާ ޔަންގް އެކްސްޕްލޯރަރ ޕްރޮގްރާމަކީ، އޮސްޓްރޭލިޔާއިން އެކްރެޑިޓްކޮށްފައިވާ ލެވަލް 3ގެ ސެޓުފިކެޓެއް ބައިވެރިންނަށް ދެވޭ ޕްރޮގްރާމެކެވެ. ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، މި ޕްރޮގްރާމްގެ 4ވަނަ ބުރު ފުރިހަމަކުރި ޖުމުލަ 9 ބައިވެރިން ދަސްވެނިވެފައިވެއެވެ. މި ޕްރޮގްރާމް ފުރިހަމަކުރުމާ ގުޅިގެން…
ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓާރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި އިއްޔެ ސޮއިކޮށްފިއެވެ. ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މިސްޓަރ ސްޓެފަނޯ ރޫޒާއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮގްރާމް މެނޭޖަރ އަލްފާޟިލާ…
ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދެވުނު ސެޝަންތަކާއެކު ވޭތުވި މިދިޔަ 2 އަހަރު ޖުމުލަ 4،390 ކުދިންނަށް “އަހަން” ކެމްޕޭންގެ ހަރަކާތްތައް ހިންގިއްޖެ
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ "އަހަން" ކެމްޕޭންގެ ދަށުން، ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދެވުނު ސެޝަންތަކާއެކު މިދިޔަ 2 އަހަރު ޖުމުލަ 4،390 ކުދިންނަށް "އަހަން" ކެމްޕޭންގެ ހަރަކާތްތައް ހިންގިއްޖެއެވެ. މި ގޮތުން، 2016ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް މިހައިތަނަށް ހިންގިފައިވަނީ ކ، ވ، މ، ގދ އަތޮޅުގެ ހުރިހައި ރަށަކާއި، ހއ، ހދ އަދި…
ފުރުޞަތުތައް ތަނަވަސްކޮށް ދޭ ނަމަ، ނުކުޅެދުންތެރިކަން ހުންނަ ކުދިން ވެސް އާދަޔާ ޚިލާފު ހުނަރުވެރި ބައެއްގެ ގޮތުގައި ފެނިގެން ދާނެ – މިނިސްޓަރ ޒެނީޝާ
އެހެންކުދިންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ހުނަރުތައް ތަރައްޤީކުރުމަށް ފުރުޞަތުތައް ހޯދައި ދީ، ހުނަރުތައް ދައްކާލުމުގެ ފުރުޞަތުތައް ތަނަވަސްކޮށް ދޭ ނަމަ، އެ ކުދިންނަކީ ވެސް އާދަޔާ ޚިލާފު ހުނަރުވެރި ބައެއްގެ ގޮތުގައި ފެނިގެން ދާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި އިންތިޒާމުކުރި އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ދައްކުވައިދޭ "އާޓް އޮފް މައިންޑް 2018" މައުރަޒު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި…
އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމަށް “އަހަން” ކެމްޕޭން ކ.އަތޮޅުގެ ހުރިހައި ރަށެއްގައި ހިންގައިފި
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ "އަހަން" ކެމްޕޭންގެ ދަށުން، ކ.އަތޮޅުގެ ހުރިހައި ރަށެއްގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ހިންގައިފިއެވެ. 3 ފިޔަވައްސަކަށް ބަހައިލައިގެން 4ން 8އާ ދެމެދުގެ ގްރޭޑްތަކުގެ ކުދިންނަށް އިންތިޒާމުކުރި މި ސެޝަންތަކުގައި ޖުމުލަ 883 ކުދިން ބައިވެރިވެފައިވެއެވެ. މި ގޮތުން ފުރަތަމަ ފިޔަވަހި ހިންގިފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހުގެ 7އިން 8އަށް ކާށިދޫ އަދި…
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް ގިނަ ބަޔަކު ވަކާލާތުކުރި ކަމުގައިވިޔަސް، އެ ކަންކަމަށް ޢަމަލީ ސިފަ ގެނައުމަށް މަސައްކަތްކުރާ ފަރާތްތައް އަދި ވެސް މަދު – މިނިސްޓަރ ޒެނީޝާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއަރުވައި، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ގިނަ ބަޔަކު މިއަދު ވަކާލާތުކުރަމުން އަންނަކަމަށާއި، އެހެން ނަމަވެސް އެ ކަންކަމަށް ޢަމަލީ ސިފަ ގެނައުމުގެ މަސްއޫލިއްޔަތު އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތައް އަދި ވެސް މަދުކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. އެވިޑް ކޮލެޖްގެ "މާސްޓަރ އޮފް ޓީޗިންގ އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން" ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިރޭ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓްގައި…