ހއ. ފިއްލަދޫގައި ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކެއް ފަށައިފި
ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި އަދި ކުދިން ބެލެހެއްޓުމުގައި ސަމާލުކަންކަން ދޭންވީކަންކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކެއް ހއ.ފިއްލަދޫގައި ކުރިއަށް ގެންދަން ވަނީ ފަށާފައެވެ. ބައްދަލުވުންތައް ކުރިއަށް ގެންދިނުމަށް ހަމަޖެހިފައިވަނީ 27 ނޮވެމްބަރު 2021 އިން 29 ނޮވެމްބަރު 2021 ގެ ނިޔަލަށެވެ. މިބައްދަލުވުންތަކުގައި އެ ރަށުގައި ގެވެށިއަނިޔާގެ މައްސަލަތައް އޮތް މިންވަރާއި، ގެވެށި އަނިޔާ ހުއްޓުވުމާއި އެމައްސަލަތަކަށް ހޭލުންތެރިކުރުވުމާއި ގެވެށި އަނިޔާއިން އަރައިގަންނަން މަސައްކަތްކުރާ ފަރާތްތަކަށް ލިބެން ހުރި ތަފާތު ޚިދުމަތްތަކާބެހޭ ގޮތުން…
މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މިއަދު ފަށައިފިއެވެ. މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 28-30 ނޮވެމްބަރުގެ ނިޔަލަށެވެ. މި ސެޝަންގެ މައިގަނޑު މަގްސަދަކީ އަންހެނުންގެ ހައްޤުތަކާއި ޖެންޑަރ އީކުއަލިޓީ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމެވެ. ގެވެށި އަނިޔާގެ މައްސަލަތަކަކީ މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޮޑު އެއް…
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިންގެ ދަށުން ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިން ގެ ދަށުން ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގެ މަގްސަދަކީ ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ 16 ދުވަހުގެ ކެމްޕެއިން ގެ ތެރެއިން ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާާއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް މި ފަދަ މައުލޫމާތު ފިލްމުގެ ޒަރިއްޔާއިން ދައްކައިދިނުމެވެ. މި މުބާރާތަކީ އާންމުނަށް ހުޅުވާލައިގެން 16 ދުވަހުގެ ކެމްޕެއިންގެ މަގްސަދަށް ބިނާކޮށް ގެވެށި…
ބައިނަލްއަޤްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް ހިންގޭ 16 ދުވަހުގެ ހަރަކާތް
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25ން ފެށިގެން ޑިސެންބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނައަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކޮށް އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން އޮތް ކަންތައްތައް ދެނެގަތުމުގެ މަޤްސަދުގައި ހިންގާ ކެމްޕޭނެކެވެ. ބައިނަލްއަޤްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހު ފެށޭ މި ކެމްޕެއިން ނިމެނީ ޑިސެންބަރު 10 ކަމަށްވާ ބައިނަލްއަޤްވާމީ އިންސާނީ…
އޭޖްޑް ކެއަރ މޯލްޑިވްސް ގެ ފަރާތުން ތައްޔާރުކުރި، ކ.ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އެސެސްމަންޓް ރިޕޯޓާ ގުޅޭގޮތުން

ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތުކޮށް ނިންމާ ޖެންޑަރ މިނިސްޓްރީއާ ހަވާލުކޮށްފި
