ނޫސް ބަޔާން

ދިވެހިރާއްޖޭގެ ހައިކޯޓު ގެ ނަންބަރު 2019/HC-A/325 ގަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ދެކެމެވެ.

ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގައި ފިރިމީހާ އަނބި މީހާ “ރޭޕް” ކުރުމަކީ، މި ޤާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުޙަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމަށްވާތީ، މިއީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ނުހަނު މުހިއްމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ދެކެމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތަކަކީ މި މިނިސްޓްރީން ބަލައިގަންނަ އަދި އެކަމަށްޓަކައި މި މިނިސްޓްރީން ޝުކުރު އަދާކުރާ ކަމެއްކަމުގައި ދަންނަވަމެވެ.

 

13 ޞަފަރު  1442

01 އޮކްޓޫބަރު 2020

Leave a Reply

Your email address will not be published. Required fields are marked *