ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ މީހުންގެ މެދުގައި ކެރަމް މުބާރާތެއް ބާއްވައިފި

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ މީހުންގެ މެދުގައި މި ރަމްޟާން މަހު ވަނީ ކެރަމް މުބާރަތެއް ކުރިޔަށް ގެންގޮސްފައެވެ. މި މިބުރާތް ކުރިޔަށް ގެންދެވުނީ 4 ދުވަހަށް ބަހާލައިގެން 21 އޭޕްރިލް 2022 – 24 އޭޕްރިލް 2022ގެ ނިޔަލަށެވެ. މި މުބާރާތުގައި 22 މީހުން ވާދަކޮށްފާވާއިރު މުބާރާތްކުރިޔަށް ގެންދެވުނީ 2 ކެޓެގަރީއަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިންނެވެ. އަންހެން ކެޓެގަރީގައި 10 އަންހެނުން ވާދަކޮށްފައިވާއިރު ފިރިހެން ކެޓެގަރީއިން 12 ފިރިހެނުން ވަނީ ވާދަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދީދީ މަރުކަޒުގައި ތިބި ބަލި މީހުންގެ ހާލު ބަލާލެއްވުމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ވަނީ މި މުބާރާތުން ވަނަ ހާޞިލްކުރެއްވި ފަރާތްތަކަށް އިނާމު ދެއްވާފައެވެ. އަދި މުބާރާތުން ވަނަ ހާޞިލްކުރެއްވި 2 ބައިވެރިންނާއެކު ބޭއްވި ކެރަމް މެޗެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.  

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންގެ މެދުގައި މިފަދަ ތަފާތު ހަރަކާތްތައް އެކި މުނާސަބަތުތަކާއި ގުޅިގެން ކުރިއަށް ގެންދެވެއެވެ. ނަމަވެސް ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން 2 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ބޭއްވުނު ފުރަތަމަ މުބާރާތެވެ. މިފަދަ މުބާރާތްތަކަކީ މަރުކަޒުގައި ތިބޭ މީހުންނަށް އުފާވެރިކަމާ ހިތްހަމަޖެހުން ލިބޭ ހަރަކާތްތަކެކެވެ.

26 ރަމަޟާން 1443

27 އޭޕްރިލް 2022

Leave a Reply

Your email address will not be published. Required fields are marked *