ތާރީޚް 24/07/2018

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖަކު އަނަންތާރާ މޯލްޑިވްސްގެ 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ. 2014ވަނަ އަހަރުން ފެށިގެން އަނަންތާރާ ރިސޯޓުން ކުރިއަށް ގެންދާ ޔަންގް އެކްސްޕްލޯރަރ ޕްރޮގްރާމަކީ، އޮސްޓްރޭލިޔާއިން އެކްރެޑިޓްކޮށްފައިވާ ލެވަލް 3ގެ ސެޓުފިކެޓެއް ބައިވެރިންނަށް ދެވޭ ޕްރޮގްރާމެކެވެ. ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، މި ޕްރޮގްރާމްގެ 4ވަނަ ބުރު ފުރިހަމަކުރި ޖުމުލަ 9 ބައިވެރިން ދަސްވެނިވެފައިވެއެވެ. މި ޕްރޮގްރާމް ފުރިހަމަކުރުމާ ގުޅިގެން…