ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާން ސަރުކާރުގެ ފަރާތުން 86,961 އެމެރިކާ ޑޮލަރު ހަދިޔާކުރައްވައިފި

ކ.ގުރައިދޫގައި ޤާއިމުކުރެވިފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާން ސަރުކާރުގެ ފަރާތުން 86,961 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ހަދިޔާކުރައްވައިފިއެވެ.

ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެހީ ޙަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އެހީއާ ޙަވާލުވެވަޑައިގެންނެވީ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިމްރާން އިބްރާހީމެވެ.

މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މިހާރު ހުރި ކްލިނިކް އިތުރަށް މަރާމާތުކޮށް ޖާގައިގެ ތަނަވަސްކަން އިތުރުކުރުމަށާއި، އިމަޖަންސީ ނުވަތަ ކުއްލި ޙާލަތުތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ޤާއިމުކުރުމަށެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ.

މި މަރުކަޒުގައި މި ވަގުތު ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 200 މީހުން ދިރިއުޅެމުންދެއެވެ.

14 ޖުމާދަލްއޫލާ 1441

09 ޖަނަވަރީ  2020

Leave a Reply

Your email address will not be published. Required fields are marked *