ޖޫން 2022 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޖޫން 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 248 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ ޖޫން މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 28 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލަ، ނަފްސާނީ ހާނިކައިގެ 26 މައްސަލަ، ޖިންސީ ހާނިކައިގެ 24 މައްސަލަ، ޖިސްމާނީ ހާނިކައިގެ 16 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލަ މި ކެޓަގަރީން ވަނީ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލަ ޖޫން މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 22 މައްސަލަތަކެވެ.
  • މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ނަފްސާނީ އަނިޔާކުރުން/އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 8 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ 3 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި/މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލުގެ 1 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

ޢާއިލީ މައްސަލަތައް

  • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 26 މައްސަލައެއް ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 13 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 11 މައްސަލަ އަދި ހަޟާނާތުގެ 2 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 20 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ގޮތުގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ 11 މައްސަލަ، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 8 މައްސަލަ އަދި އަމިއްލައަށް މަރުވާން ހިޔާލުއައުމުގެ 1 މައްސަލަ ހުށަހެޅިފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ މެއި ޖޫން މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 15 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 4 މައްސަލައެކެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 12 މައްސަލައެއް ޖޫން މަހު ވަނީ ހުށަހެޅިފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 7 މައްސަލަ، ރުޅިއިސްކުރުން/ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 2 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލައެއް ޖޫން މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 3 މައްސަލަ އަދި ވެކްސިން ނުދިނުމުގެ 1 މައްސަލަ ހުށަހެޅިފައިވެއެވެ.

ޤާނޫނާއި ގަވާއިދާ ޚިލާފުވުން

  • މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ޖޫން މަހު ހުށަހެޅިފައިވަނީ 1 މައްސަލައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • ޖޫންމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 196 އެވެ.
  • ޖޫން މަހުގައި 4 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވޭ އަދި 6 ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވި، އަދި 1 ކުއްޖަކު ފޯސްޓަރކުރެވިފައިވެއެވެ.

3 މުޙައްރަމް 1444

1 އޮގަސްޓް 2022

Leave a Reply

Your email address will not be published. Required fields are marked *