ޖަނަވަރީ 2022 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޖަނަވަރީ 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 254 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 105 މައްސަލަ ޖަނަވަރީ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 21 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނިއްކައިގެ 20 މައްސަލަ، އިހުމާލުވުމުގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 11 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 6 މައްސަލަ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 56 މައްސަލަ ޖަނަވަރީ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 24 މައްސަލައެވެ.
  • މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން/ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 14 މައްސަލަ، ބިރު ދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 7 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 5 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 5 މައްސަލަ އަދި ޖިންސީ ފުރައްސާރައިގެ 1 މައްސަލަ ހިމެނެއެވެ.

ޢާއިލީ މައްސަލަތައް

  • ޢާއިލީ 38 މައްސަލަ ޖަނަވަރީ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 14 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 5 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލަ ޖަނަވަރީ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 17 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 1 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 13 މައްސަލަ ޖަނަވަރީ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • އެއީ ސާފުބޯފެނާއި/ ކަރަންޓުގެ ހިދުމަތް ކަނޑާލުމުގެ 7 މައްސަލަ، އައި.ޑީ/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓްފިކޭޓް ހޯދުމާބެހޭ 4 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 2 މައްސަލަ ހިމެނެއެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 13 މައްސަލަ ޖަނަވަރީ މަހު ވަނީ ހުށަހަޅައިފައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 11 މައްސަލަ ޖަނަވަރީ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 4 މައްސަލަ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 4 މައްސަލަ އަދި އަމިއްލަ މަރުވާން ހިޔާލު އައުމުގެ 3 މައްސަލަ ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ކުދިންނާއި އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • ޖަނަވަރީ މަހުގައި 8 ކުދިން ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.
  • ޖަނަވަރީ މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ޖުމުލަ 193 ކުދިންނެވެ.

26  ރަޖަބު 1443

27 ފެބުރުވަރީ 2022

Leave a Reply

Your email address will not be published. Required fields are marked *