ސެޕްޓެމްބަރު 2020ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ސެޕްޓެމްބަރު 2020ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 238 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

· ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ ސެޕްޓެމްބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.

· މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 44 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

· މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 29 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

އަޚުލާޤީ މައްސަލަތައް

· ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 10 މައްސަލަ ސެޕްޓެމްބަރު މަހު ވަނީ ހުށަހަޅައިފައެވެ.

· މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

· ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 10 މައްސަލަ ސެޕްޓެމްބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.

· މިފަދަ މައްސަލަތަކުގެ ތެރޭގައި ވެކްސިން ނުދިނުމުގެ 7 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 2 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުށް ކުރާ ކުދިން:

· އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 2 މައްސަލަ ސެޕްޓެމްބަރު މަހު ވަނީ ހުށަހަޅައިފައެވެ.

ޢާއިލީ މައްސަލަތައް

· ޢާއިލީ 24 މައްސަލަ ސެޕްޓެމްބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

· މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 15 މައްސަލަ، އަދި ދަރިންނަށް ޚަރަދު ދިނުމުގައި ދިމާވާ 6 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 3 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

· ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 46 މައްސަލަ ސެޕްޓެމްބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

· މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 29 މައްސަލައެވެ.

· މީގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 8 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ، އިހުމާލުވުމުގެ 3 މައްސަލަ، ބާރާއި ނުފޫޒުފޯރުވުމުގެ 2 މައްސަލަ އަދި މާލީ/ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

· ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 32 މައްސަލަ ސެޕްޓެމްބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

· އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 11 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

· އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 8 މައްސަލަ ސެޕްޓެމްބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

28 ޞަފަރު 1442

15 އޮކްޓޫބަރު 2020

Leave a Reply

Your email address will not be published. Required fields are marked *