”ލޯންޗިންގ އޮފް ޑިޖިޓަލް ޕޯޓަލް އެންޑިންގ ސެކްޝުއަލް އެބިއުސް އެންޑް ޑޮމެސްޓިކް ވަޔަލެންސް” އިވެންޓުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ “ލޯންޗިންގ އޮފް ޑިޖިޓަލް ޕޯޓަލް އެންޑިންގ ސެކްޝުއަލް އެބިއުސް އެންޑް ޑޮމެސްޓިކް ވަޔަލެންސް” އިވެންޓުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ވަރޗުއަލްކޮށް ބޭއްވި މި އިވެންޓުގައި ޑިޖިޓަލް ޕޯޓަލް ލޯންޗުކޮށްދެއްވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑެވެ.

މި ޑިޖިޓަލް ޕޯޓަލަކީ ކޮމަންވެލްތާއި، ގެވެށި އަނިޔާއާއި ޖިންސީ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް ކަމުގައިވާ “ނޯ މޯ” ގުޅިގެން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ޕޯޓަލެކެވެ. މި ޕޯޓަލްގެ ސަބަބުން ކޮމަންވެލްތު މެންބަރު ޤައުމުތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުން ގެވެށި އަނިޔާއާއި ޖިންސީ އަނިޔާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

މި އިވެންޓުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ޚާއްޞަ މެސެޖެއް ޙިއްޞާކުރައްވައިފައެވެ. މި މެސެޖުގައި ކޮވިޑް-19ން އަރައިގަތުމަށާއި، އަދުލުވެރި ރައްކާތެރި އަދި އަމާން މުޖުތަމަޢެއް ބިނާކުރުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ މަޞްލަޙަތަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އަލިއަޅުވާލައްވައިފައިވެއެވެ.

21 މުޙައްރަމް 1442

09 ސެޕްޓެމްބަރު 2020

Leave a Reply

Your email address will not be published. Required fields are marked *