މެއި 2017ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

މެއި 2017ގައި ޖުމްލަ 239 މައްސަލަ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.  

 ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 118 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، މެއި 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 49 އިންސައްތައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. މިގޮތުން މިބާވަތުގެ ޖުމްލަ 36 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.
  • ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 36 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން 25 މައްސަލައަކީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެންކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
  • މީގެ އިތުރުން މިބާވަތުގެ މައްސަލަ ތެރޭގައި ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނިކައިގެ 27 މައްސަލަ؛ ނަފްސާނީ ހާނިކައިގެ 19 މައްސަލަ؛ އިހުމާލުވުމުގެ 24 މައްސަލަ އަދި ހަނގާކުރުމުގެ 4 މައްސަލަ  ހިމެނެއެވެ.

 ކުށް ކުރާ ކުޑަކުދިން

  • އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 10 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 3 މައްސަލަ؛ މަސްތުވާތަކެތި ބޭނުންކުރުމުގެ 2 މައްސަލަ؛ ވައްކަންކުރުމުގެ 2 މައްސަލަ؛ މަސްތުވާތަކެތި ގެންގުޅުމުގެ 1 މައްސަލައިގެ އިތުރުން ލައިސެންސް ނެތި އެއްގަމު އުޅަނދެއް ދުއްވުމުގެ 1 މައްސަލަ ހިމެނެއެވެ.

 ކުޑަކުދިންގެ އަޙްލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޙްލާޤީ މައްސަލަތަކުގެ 19 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި އެހެން ކުދިންނަށް ގަނާކުރުމުގެ 3 މައްސަލަ؛ ގެއިން ފިލައިގެން ދިޔުމުގެ 3 މައްސަލައާއި ފުރައްސާރަކުރުމުގެ 2 މައްސަލަ ހިމެނެއެވެ.

ހައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުން  

  • ހައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުމާ ގުޅޭ 9 މައްސަލަ މެއި 2017ގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމް ފޯރުކޮށްނުދިނުމާގުޅޭ 5 މައްސަލަ؛ ސާފުބޯފެނާއި ކަރަންޓުގެ ފޯރުކޮށްނުދިނުމުގެ 2 މައްސަލަ؛ އައިޑީކާޑު/ޕާސްޕޯޓް/އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ 1 މައްސަލަ އާއި ބޯހިޔާވެހިކަން ފޯރުކޮށް ނުދިނުމުގެ 1 މައްސަލަ ހިމެނެއެވެ.

  ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 33 މައްސަލަ މިދިޔަ މަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިއީ، މެއި 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 13 އިންސައްތައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މިގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 13 މައްސަލައިގެ ތެރެއިން 11 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
  • މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 10 މައްސަލަ؛ އިހުމާލުވުމުގެ 3 މައްސަލަ؛ މާލީ / އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްނުދިނުމާ ގުޅޭ 2 މައްސަލައިގެ އިތުރުން ޖިންސީ އަނިޔާގެ 1 މައްސަލަ ހިމެނެއެވެ.

 ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ބެލެހެއްޓުމާ ގުޅޭ 9 މައްސަލަ މެއި 2017ގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލައި ބެލެހެއްޓުމާގުޅޭ 6 މައްސަލަ އަދި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ 3 މައްސަލަ ހިމެނެއެވެ.

 އަމިއްލަ ނަފްސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ މިނިސްޓްރީއަށް ވަނީ ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.

22 ޖޫން 2017

Leave a Reply

Your email address will not be published. Required fields are marked *