މާރިޗު 2021ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

މާރިޗު 2021ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 215 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލަ މާރިޗު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 27 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނިއްކައިގެ 18 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ހިމެނެއެވެ.

 

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 14 މައްސަލަ މާރިޗު މަހު ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ، ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ އަދި ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

 

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން ތަޢުލީމަށް ހުރަސްއެޅުމުގެ 1 މައްސަލަ މާރިޗު މަހު ވަނީ ރިޕޯޓުކޮށްފައެވެ.

 

ކުށްކުރާ ކުދިން:

  • އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލަ މާރިޗު މަހު ވަނީ ހުށަހަޅައިފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރި ހިންގުމުގެ 1 މައްސަލަ އަދި ވައްކަންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

 

ޢާއިލީ މައްސަލަތައް

  • ޢާއިލީ މައްސަލަތަކުގެ 27 މައްސަލައެއް މާރިޗު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 14 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ އަދި ދަރިންނަށް ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނެއެވެ.

 

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މާރިޗު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 22 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
  • މީގެ އިތުރުން، މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 19 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 2 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ އަދި ފާރަލުމުގެ 1 މައްސަލަ ހިމެނެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލަ އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލަ ހިމެނެއެވެ.

 

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ މާރިޗު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ފޮސްޓަރ އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • މާރިޗު މަހު 3 ކުއްޖަކު ޢާއިލާއާ ރީއިންޓަރގްރޭޓް ކުރެވި 1 ކުއްޖަކު ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވެއެވެ.
  • 18 އަހަރު ފުރިފައިވާ 3 ކުއްޖަކު މާރިޗު މަހު ވަނީ ވަޒީފާގެ ފުރުޞަތާއެކު މުޖުތަމަޢުއަށް ރީއިންޓަރގްރޭޓް ކުރެވިފައެވެ.
  • މާރިޗު މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމުލަ 222 ކުދިންނެވެ.

 

16 ރަމަޟާން 1442

28  އެޕްރީލް 2021

Leave a Reply

Your email address will not be published. Required fields are marked *