މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހާސިލުކޮށްފި

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން، އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތިން ވީހާ ވެސް ގިނައިން މަޢުލޫމާތު ޢާންމުކުރުމަށް ހިތްވަރުދިނުމަށާއި، ފަސޭހަ ކަމާއެކު މަޢުލޫމާތު ލިބޭނޭ ގޮތަށް މަޢުލޫމާތު ބެލެހެއްޓުމަށް ބާރުއެޅުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މި އަހަރު ހާސިލުކޮށްފިއެވެ.

މި މަޤާމު މިނިސްޓްރީއަށް ލިބިފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރޭ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޙަފުލާގައެވެ. މިނިސްޓްރީގެ ފަރާތުން ރަންވަނަ އެވޯޑާ ޙަވާލުވެވަޑައިގަތީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޝިފާނާއެވެ.

މި އަހަރު 3 ކެޓަގަރީއަކަށް ބަހައިލައިގެން ރަންވަނަ އެވޯޑު ދެވިފައިވާ އިރު، މިނިސްޓްރީއަށް ރަންވަނަ އެވޯޑު ލިބިފައިވަނީ ސަރުކާރުގެ އިދާރާތަކުގެ ކެޓަގަރީންނެވެ. މި އެވޯޑުގެ އިތުރުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލައި، މިނިސްޓްރީގެ ވެބްސައިޓް 1ވަނަ ދަރަޖައިގައި ހިމެނިފައިވާތީ، ދަރަޖައިގެ ސަނަދު ވެސް މިނިސްޓްރީއަށް ދެވިފައިވެއެވެ.

09 ޞަފަރު  1440

18 އޮކްޓޫބަރު 2018

Leave a Reply

Your email address will not be published. Required fields are marked *