އޮގަސްޓް 2021 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

އޮގަސްޓް 2021 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 236 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. 

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 107 މައްސަލަ އޮގަސްޓް މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތކެވެ. އެ ގޮތުން މި ބާވަތުގެ 34 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 22 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 15 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ 3 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 2 މައްސަލަ އަދި އިތުރު 1 މައްސަލަ ހުށަހެޅިފައިވެއެވެ.

 

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 7 މައްސަލަ އޮގަސްޓް މަހު ވަނީ ހުށަހަޅައިފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 4 މައްސަލަ އަދި އިތުރު 3 މައްސަލަ ހިމެނެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 30 މައްސަލަ އޮގަސްޓް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 20 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައެވެ.

 

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 8 މައްސަލަ އޮގަސްޓް މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • އެއީ ކުދިން ސްކޫލަށް ނުފޮނުވުމުގެ 6 މައްސަލަ، ސިއްހީ ފަރުވާއަށް ހުރަސްއެޅުން / ނުދިނުމުގެ 1 މައްސަލަ އަދި ބޯހިޔާވަހިކަން ފޯރުކޮށްނުދިނުމުގެ 1 މައްސަލައެވެ.

  

ޤާނޫނާއި ގަވާއިދާ ހިލާފަވުން

  • ޤާނޫނާއި ގާވާއިދާ ހިލާފުވުމުގެ 1 މައްސަލަ އޮގަސްޓް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

 

 ޢާއިލީ މައްސަލަތައް

  • ޢާއިލީ 35 މައްސަލަ އޮގަސްޓް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ،  ކުދިން ބެލުމުގައި ޖެހޭ 9 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ 7 މައްސަލަ ހިމެނެއެވެ.

 

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 43 މައްސަލަ އޮގަސްޓް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނި އަނިޔާ ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ  18 މައްސަލައެވެ.
  • މިބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ އަނިޔާކުރުމުގެ 16 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 5 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ 1 މައްސަލަ ހިމެނެއެވެ.

 

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 5 މައްސަލަ އޮގަސްޓް މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ 4 މައްސަލަ އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 1 މައްސަލަ ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • އޮގަސްޓް މަހުގައި 8 ކުދިން ރީއިންޓަރގްރޭޓް ކުރެވިފައިވޭ، 1 ކުއްޖަކު ފޮސްޓަރ ކުރެވިފައިވޭ އަދި 1 ކުއްޖަކަށް ވަޒީފާގެ ފުރުސަތު ހޯދައިދެވިފައިވެއެވެ.
  • އޮގަސްޓް މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 209 އެވެ.

 

23 ސަފަރު    1443

30 ސެޕްޓެމްބަރު 2021

Leave a Reply

Your email address will not be published. Required fields are marked *