އޭޕްރީލް 2023 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

އޭޕްރީލް 2023 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ވަނީ ޖުމްލަ 236 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

 • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 99 މައްސަލަ އޭޕްރީލް މަހު ވަނީ ރިޕޯޓުކޮށްފައެވެ.
 • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 23 މައްސަލައެއް ވަނީ އޭޕްރީލް 2023 ގައި ހުށަހެޅިފައެވެ.
 • މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 21 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 15 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއިލް ކުރުން) 3 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 43 މައްސަލަ އެއް އޭޕްރީލް މަހު މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ.

 • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 24 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 9 މައްސަލަ، ހިފެހެއްޓުމުގެ ޢަމަލު ހިންގުމުގެ 3 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 3 މައްސަލަ، އިހުމާލުގެ 2 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ އަދި މުދާ ހިފެއްޓުމާއި / މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އޭޕްރީލް މަހު މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ.

ޢާއިލީ މައްސަލަތައް

 • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 29 މައްސަލައެއް އޭޕްރީލް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 10 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ، އަދި ހަޟާނާތުގެ 8 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ  1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

 • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 17 މައްސަލަ އޭޕްރީލް މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް

 • ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ 2 މައްސަލަ އޭޕްރީލް މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

 • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 20 މައްސަލަ އޭޕްރީލް މަހު މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ.
 • މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 19 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 1 މައްސަލައެވެ.

 

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުން

 • އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލަ އޭޕްރީލް މަހު ވަނީ މިނިސްޓްރީއަށް ހުށަހެޅިފައެވެ.

އަޚުލާޤީ މައްސަލަތައް

 • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 21 މައްސަލައެއް އޭޕްރީލް މަހު ވަނީ ހުށަހެޅިފައެވެ.
 • އެގޮތުން ރުޅިއިސްކުރުން ނުވަތަ ރުޅިގަދަވެ އުޅުމުގެ 5 މައްސަލަ ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 5 މައްސަލަ

ގެއިން ނިކުމެގެން ދިއުމުގެ 5 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 4 މައްސަލަ އަދި

ސުލޫކީ މައްސަލައިގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

 

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތައް

 • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލައެއް އޭޕްރީލް މަހު މިނިސްޓްރީއަށްވަނީ ހުށަހެޅިފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަ، ސިއްހީ ފަރުވާއަށް ހުރަސް އެޅުން / ނުދިނުމުގެ 1 މައްސަލަ، ސްކޫލަށް ބޭނުންވާ ތަކެތި ހޯދައި ނުދިނުމުގެ 1 މައްސަލަ އާއި ކުދިންނަށް ވެކްސިން ނުދިނުމުގެ 1 ވަނީ ހުށަހެޅިފައެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

 • އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 186 އެވެ.
 • އޭޕްރީލް މަހުގައި ދައުލަތަށް އަލަށް 3 ކުއްޖަކު ނެގިފައިވެއެވެ. މީގެ އިތުރުން 1 ކުއްޖަކު ފޮސްޓަރ ކޮށް، 2 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *