އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ “ރަންވޭލާ” ކެމްޕޭންގެ ޕްރޮގްރާމްތައް މ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި

ދޮށީއުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގާ “ރަންވޭލާ” ކެމްޕެއިންގެ ޕްރޮގްރާމްތައް މ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށްގެންގޮސްފިއެވެ. މިގޮތުން، އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށާއި، އެފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށާއި، އެފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިއްމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ވަނީ މ. އަތޮޅުގެ 8 ރަށުގައިވެސް ހިންގާފައެވެ. މި ސެޝަންތަކުގައި 160އަށްވުރެން ގިނަ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާޢި، އެފަރާތްތަކަށް ޒުވާނުންގެ ފަރާތުން ލިބޭ އެހީތެރިކަން އިތުރުކުރުމަށްޓަކައި މ.އަތޮޅުގެ 220އަށްވުރެން ގިނަ ޒުވާނުންނަށްވެސް ވަނީ ޙާއްސަ ސެޝަންތަކެއް ހިންގާފައެވެ.

“ރަންވޭލާ” ކެމްޕެއިންގެ ދަށުން މިނިސްޓްރީ އާއި މ. އަތޮޅުގެ ހޮސްޕިޓަލް އަދި ހެލްތް ސެންޓަރުތައް ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގައި ދޮށީއުމުރުގެ މީހުންނަށް ހެލްތް ސްކްރީނިންގ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން، ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްސަދުގައި މ. އަތޮޅުގައި މަސައްކަތްކުރާ ހެލްތް ކެއަރ ވަރކަރުންނަށާއި އިޖްތިމާޢީ ހިދްމަތްތެރިންނަށްވެސް މިކެމްޕެއިންގެ ދަށުން ތަމްރީން ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.

“ރަންވޭލާ” ކެމްޕެއިން އަކީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިފްތިތާޙްކޮށްފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ހަރަކާތްތައް މިހާރު ވަނީ ބ.އަތޮޅު އަދި ޅ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއައްގެންގޮސްފައެވެ. އަދި، މިކެމްޕެއިންގެ ހަރަކާތްތައް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގުމަށް މިނިސްޓްރީއިން ވަނީ ރާވާފައެވެ.

25 މެއި 2017

Leave a Reply

Your email address will not be published. Required fields are marked *