ރީޖަނަލް ކޮންސަލްޓޭޝަން އޮން އެސްޑީޖީ އެލަޔަންސް- ސައުތު އޭޝިޔާ ލޯންޗުގައި މިނިސްޓްރީ އެންޑް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ތަޤްރީރް ކުރައްވައިފި

ބޫޓާންގެ ވެރިރަށް ތިމްޕޫގައި މިއަދު ބޭއްވުނު ރީޖަނަލް ކޮންސަލްޓޭޝަން އޮން އެސްޑީޖީ އެލަޔަންސް – ސައުތު އޭޝިއާ ލޯންޗް ގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ، ތަޤްރީރުކުރައްވައިފިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ހުރިހާ އެންމެންގެ ޒިންމާއެއްކަމަށާއި، ހަރުދަނާ އުޞޫލަކުން އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ، ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި، ކަމާ ގުޅުންހުރި ދާއިރާތަކާއި މުއައްސަސާތަކުން ގުޅިގެން މަސައްކަތްކޮށްގެންކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ޙަވާލުވެވަޑައިގަތުމަށްފަހު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މިހާރު ދިމާވަމުންދާ ގޮންޖެހުންތަކާއި އަލަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ކަމާ ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން އައު ރޫހެއްގައި މަސައްކަތް ފަށާފައިވާކަމަށް ވެސް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރ ޒެނީޝާގެ މިދަތުރުފުޅުގައި، 2010 ވަނަ އަހަރު ސާކްގެ އެޕެކްސް ބޮޑީއެއްގެ ގޮތުގައި ޤާއިމްކުރެވުނު “ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން” (ސައިވާކް) ގެ ފަރާތުން އިންތިޒާމްކުރައްވައިގެން ބޫޓާންގެ ވެރިރަށް ތިމްޕޫގައި މި ދެ ދުވަހު ކުރިއަށް ގެންދާ ރީޖަނަލް ކޮންސަލްޓޭޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މި ކޮންސަންޓޭޝަންގެ މަޤްސަދަކީ، ސައިވާކް އާއި ސައުތު އޭޝިއާ ކޯޑިނޭޓިންގ ގްރޫޕް އޮން އެކްޝަން އަގެއިންސްޓް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (އެސްއޭސީޖީ) ގުޅިގެން، ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ކަމާގުޅުންހުރި ފަރާތްތަކުގެ މެދުގައި، ސަސްޓެއިންނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ 8.7) ނުވަތަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ޙާސިލްކުރުމަށްޓަކައި ސަރަޙައްދީ ފެންވަރުގައި ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން މަސައްކަތްކުރާނެގޮތްތައް ދެނެގަނެ މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ

 

19 ޖުލައި 2016

Leave a Reply

Your email address will not be published. Required fields are marked *