ނޫސް ބަޔާން

ދެކުނުގެ ރަށެއްގެ ކުޑަ އަންހެން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް 2020 ޖަނަވަރީ މަހުގެ 15ވީ ބުދަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހެޅުމާ ގުޅިގެން، މި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު ކުރެވުނު މަސައްކަތްތަކުން އެނގުނު ގޮތުގައި ހިނގައިފައިވަނީ ޖިންސީ އަނިޔާގެ މައްސަލައެކެވެ.

އެހެންކަމުން، އެ ކުއްޖާއަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާއާއެކު، އެ ކުއްޖާ ވަނީ ޢާއިލާއިން ވަކިކުރެވި ރައްކާތެރި މާޙައުލަކަށް ބަދަލުކުރެވިފައެވެ.

މި މައްސަލަގައި މިނިސްޓްރީން އަންނަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

22 ޖުމާދަލްއޫލާ 1441

17  ޖަނަވަރީ  2020

Leave a Reply

Your email address will not be published. Required fields are marked *