ނޫސް ބަޔާން

2020 އޮކްޓޫބަރު 08 ވަނަ ދުވަހު މި ސާރވިސްގެ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ ދެ ކުޑަކުއްޖެއްގެ ކިބައިން، ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްކުރުމުން ކޮވިޑް 19 އަށް ވަނީ ފައްސިވެފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)ގެ އިރުޝާދުގެ ދަށުން ފައްސިވި ދެ ކުދިން ވަކި ފެސިލިޓީއަކަށް ގެންދިއުމަށްވަނީ ނިންމާއިފައެވެ. ފައްސިވި ދެކުދިންގެ ހާލުވެސް ރަނގަޅެވެ.

ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށްވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗް.ޕީ.އޭ އަދި އެޗް.އޯ.އީ.ސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް ވަނި ހަމަޖައްސާފައެވެ. އަދި ކަމާއި ގުޅުން ހުރި އިދާރާތަކާއި، މޮނިޓަރކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށްފަހު، ފައްސިވި ކުދިންނާއި އެއް ފަންގިފިލާގައި ދިރިއުޅެމުންދާ ކުދިންނާއި މި ކުދިން ބެލެހެއްޓުމަށް ތިއްބެވި ކެއަރ ވޯކަރުންނާއި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އެހެން ކުދިންނާއި ބައްދަލުނުވާނެގޮތަށް މި ސާރވިސް އިން ވާނީ އިންތިޒާމުތައް ހަމަޖައްސާފައެވެ. އަދި ކުޑަކުދިންގެ ހިޔާއަށް ވަދެނިކުމެ އުޅުން މިވަގުތައް ވާނީ މެދުކަނޑާލާފައެވެ.   

އަދި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މަޢުލޫމާތު ޙިއްސާ ކުރަމުން ގެންދާނެކަމާއި ކަމުގެ ސައްޙަ މަޢުލޫމާތު މި ސާރވިސް ގުޅިގެން ހޯދުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި މި ސާރވިސް އަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެންމެހާއި ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.

23 ޞަފަރު  1442

10 އޮކްޓޫބަރު 2020

 

Leave a Reply

Your email address will not be published. Required fields are marked *