ނޫސް ބަޔާން

ތާރީޚް
30 ސެޕްޓެމްބަރ 2020 ވަނަ ދުވަހު މި ސަރވިސްގެ ފިޔަވަތީގައި މަސައްކަތްކުރައްވަމުން ގެންދަވާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓްކުރުމުން ވަނީ ކޮވިޑް 19 އަށް ފައްސިވެފައެވެ. މި ފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތްކުރައްވަމުން ގެންދެވި މުވައްޒަފެއްކަމުން އެ ފަންގިފިލާގެ ކުދިންވަނީ ކަރަންޓީން ކުރެވިފައެވެ. މި ކުދިންގެ ޓެސްޓް ކުރެވި އިތުރު 8 ކުދިން ވަނީ ފައްސިވެފައެވެ. މި ފައްސިވި ކުދިންގެ ތެރޭގައި…

ނޫސް ބަޔާން

ތާރީޚް
ދިވެހިރާއްޖޭގެ ހައިކޯޓު ގެ ނަންބަރު 2019/HC-A/325 ގަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ދެކެމެވެ. ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގައި ފިރިމީހާ އަނބި މީހާ "ރޭޕް" ކުރުމަކީ، މި ޤާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު…

ނޫސްބަޔާން

ތާރީޚް
ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކާމެދު އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ބަޔަކު ޖިންސީ ގޯނަ ކުރިކަމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. އެއް ޢާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި، އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް މަޢުލޫމާތު ލިބިފައިވަނީ 2020 ޖަނަވަރީ 15 ވީ…

ނޫސް ބަޔާން

ތާރީޚް
ދެކުނުގެ ރަށެއްގެ ކުޑަ އަންހެން ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް 2020 ޖަނަވަރީ މަހުގެ 15ވީ ބުދަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހެޅުމާ ގުޅިގެން، މި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު ކުރެވުނު މަސައްކަތްތަކުން އެނގުނު ގޮތުގައި ހިނގައިފައިވަނީ ޖިންސީ އަނިޔާގެ މައްސަލައެކެވެ. އެހެންކަމުން، އެ ކުއްޖާއަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ކަމާ ގުޅުން…

ނޫސް ބަޔާން

ތާރީޚް
މިހާރު ރ.އަތޮޅު މަޑުއްވަރީގައި ކުރިއަށްގެންދާ "އައްސޭރީ" އޮޕަރޭޝަންގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ދައުރަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނުތަކުންނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާޙަދާތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުން މަހުރޫމުކޮށްފައިވޭތޯ ބަލައި، އެ ފަދަ ކުދިންނާއި އަންހެނުންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އެ ގޮތުން މި މަސައްކަތުގައި މިހައިތަނަށް 9 ގޭބިސީއަކަށް ޒިޔާރަތްކޮށް…