ނޫސް ބަޔާން

ތާރީޚް
އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. ދެންނެވިފައިވާ ފަދަ މައްސަލައެއް މާރިޗު 10ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަމުން އަންނަ އުތުރުގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަކަށް ހުށަހެޅިފައިވެއެވެ. މި މައްސަލަ ހުށަހެޅުމާއެކު މި ސަރވިސްގެ ލަފައާއެކު އެ ސެންޓަރުން އައީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިފަދަ ކޮންމެ މައްސަލައެއްގައި ވެސް މި…

ދުނިޔޭގެ “ސޯޝަލް ވަރކް” ދުވަސް 2021

ތާރީޚް
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ތިންވަނަ ހަފުތާގެ އަންގާރަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 'ސޯޝަލް ވަރކް" ގެ ނަމުގައި އިޖުތިމާޢީ ޚިދުމަތް ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ފާހަގަކުރާ ދުވަހެވެ. އެގޮތުން މި ދުވަސް މި އަހަރު މި ފާހަގަކުރަނީ މާރިޗު މަހުގެ 16ވަނަ ދުވަހުގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ ޚިދުމަތްދިނުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އިޖުތިމާޢީ ޚިދުމަތްތެރިން އަމާން ރައްކާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ކާމިޔާބީތައް ފާހަގަކޮށް…

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ނޫސްބަޔާން

ތާރީޚް
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހައި އަންހެނުންނަށް އަރިސްކުރަމެވެ. މި އަހަރުގެ ޝިޢާރަކީ Women in Leadership: Achieving an equal future in a COVID-19 world ” “ "އިސް ސަފުގައި އަންހެނުން: ކޮވިޑް-19ގެ ދުނިޔޭގައި ހަމަހަމަ މުސްތަޤުބަލެއް ހޯދުން" މިއެވެ.   މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދަތި ދުވަސްތަކުގައި، މި ބަލިމަޑުކަމުން އަރައިގަތުމުގައި އެކިއެކި ދާއިރާތަކުގެ ކުރީ ސަފުގައި އަދި ބަސްބުނުމުގައި އަންހެނުން ޝާމިލުވެ، ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ…

ނޫސް ބަޔާން

ތާރީޚް
އެކި ސަބަބުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޓަކައި އެކި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ "އަމާން ވެށި"ތަކަށް ބަދަލުކުރެވެމުންދާއިރު، އެ ކުދިންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅޭގޮތުން ދަންނަވަމެވެ. ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ…

ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް 2020

ތާރީޚް
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހެވެ. މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި އ.ދ އިން ކަނޑައަޅާފައިވަނީ 19 ޑިސެންބަރު 2011 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ، ދުނިޔޭގެ އެކި ކަންކޮޅުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުވައި، އަންހެން ކުދިންގެ ހައްޤުތައް ކުރިއަރުވައި، އަދި އެކުދިންނަށް އެހެން…

ނޫސް ބަޔާން

ތާރީޚް
2020 އޮކްޓޫބަރު 08 ވަނަ ދުވަހު މި ސާރވިސްގެ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންގެންދާ ދެ ކުޑަކުއްޖެއްގެ ކިބައިން، ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްކުރުމުން ކޮވިޑް 19 އަށް ވަނީ ފައްސިވެފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)ގެ އިރުޝާދުގެ ދަށުން ފައްސިވި ދެ ކުދިން ވަކި ފެސިލިޓީއަކަށް ގެންދިއުމަށްވަނީ ނިންމާއިފައެވެ. ފައްސިވި ދެކުދިންގެ ހާލުވެސް ރަނގަޅެވެ. ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށްވާތީ…