ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީއާއެކު ތިން ފަރާތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ތާރީޚް
ދަޢުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ފަރާތަކުން މިއަދު ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ބެސްޓް ބައި މޯލްޑިވްސް، ސްޓާޒް ސްޕޯޓްސް ކްލަބް އަދި އޭޖްޑް ކެއަރ މޯލްޑިވްސްއިންނެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ފިޔަވަތީގައި ދިރިއުޅޭ 10 އަހަރުން ދަށުގެ 100 ކުދިންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި…

ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުންޏަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ތާރީޚް
ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުންޏަކުން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ފިޔަވަތީގައި ދިރިއުޅޭ 10 އަހަރުން ދަށުގެ 100 ކުދިންނަށް އެހީތެރިވެދިނުމަށް މިއަދު މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ އަދި ހޮޓެލް އެންޑް ރެސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ. ކުދިންނަށް ފޯރުކޮށްދޭ…

އޭޕްރިލް 2017ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ތާރީޚް
އޭޕްރިލް 2017ގައި ޖުމްލަ 272 މައްސަލަ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.    ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 122 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، އޭޕްރިލް 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 40%އެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 37 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން…

ފިޔަވަތި މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް ލައިބްރަރީއެއް ޤާއިމްކޮށްފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް. އޭ. ސީ. އެލް.)ގެ އާންމު އިޖްތިމާޢީ ޒިންމާގެ ދަށުން ލައިބްރަރީއެއް ވަނީ ޤާއިމްކޮށްފައެވެ. މިލައިބްރަރީ ހުޅުވާދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އަދި އެމް. އޭ. ސީ. އެލް.ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދިލް މޫސާއެވެ. މިއަދު ފިޔަވަތި މަރުކަޒުގައި ލައިބްރަރީ ހުޅުވުމަށް ބޭއްވި ހާއްސަ ހަފްލާގައި…

އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ “ރަންވޭލާ” ކެމްޕޭންގެ ޕްރޮގްރާމްތައް މ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި

ތާރީޚް
ދޮށީއުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ޕްރޮގްރާމްތައް މ.އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށްގެންގޮސްފިއެވެ. މިގޮތުން، އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށާއި، އެފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށާއި، އެފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިއްމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ވަނީ މ. އަތޮޅުގެ 8 ރަށުގައިވެސް ހިންގާފައެވެ. މި ސެޝަންތަކުގައި 160އަށްވުރެން ގިނަ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ.…

މިނިސްޓްރީ އާއި އެމް. އެން. ޑީ. އެފް ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް މަލްޓިމީޑިއާ، ވެބް ޑިސައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހެއް ފަށައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހެއް ވަނީ ފަށާފައެވެ. ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 10 އަހަރާއި 18 އަހަރާ ދެމެދުގެ 66 ކުދިން މިވަގުތު ދަނީ ދިރިއުޅެމުންނެވެ. މިކޯހުގައި އަލިއަޅުވާލާ މައިގަނޑު ބައިތަކުގެ ތެރޭގައި "އެޕްލައިންގ އިފެކްޓްސް އެންޑް އެނިމޭޝަން" އަދި "ކޮރަލް ޑްރޯ، އެޑޯބް ފޮޓޯޝޮޕް އަދި އެޑޯބް ޕްރިމިއަރ…