ކ. އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކަށް ހިންގި ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލުން

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކ. އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ)ތަކަށް ކުރިއަށްގެންދިޔަ ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ. މިއީ މިއަހަރުގެ ފެބްރުއަރީ، މާރޗް އަދި އޭޕްރިލް މަހުގައި ސީ.އެސް.ޖީތަކަށް ބާއްވާފައިވާ އޮރިއެންޓޭޝަން އަދި ޓްރެއިނިންގ ޕްރޮގްރާމްއާ ގުޅިގެން ހިނގާފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ކ. އަތޮޅުގައި ޤާއިމްކޮށްފައިވާ ސީ.އެސް.ޖީތަކުގެ ދައުރާއި ޒިންމާތައް…

އިންޓަރނޭޝަނަލް ޗައިލްޑް ހެލްޕްލައިން ޑޭ 2017

ތާރީޚް
އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް ކުޑަކުދިންނަށް ހިލޭ ގުޅޭގޮތަށް ޤާއިމްކޮށްފައިވާ ނަންބަރުތަކުގެ ބައިނަލްއަޤްވާމީ ވިއުގައިން "އިންޓަރނޭޝަނަލް ޗައިލްޑް ހެލްޕްލައިން ޑޭ" މިއަދު ފާހަގަކުރާއިރު، ރައްކާތެރިކަން ބޭނުންވާ ކުޑަކުދިންގެ އަޑު މުޖުތަމަޢުއަށް އިއްވުމުގައި ދިވެހިރާއްޖޭގެ ޗައިލްޑް ހެލްޕްލައިން އަދާކުރާ ދައުރު ފާހަގަކުރުން މުހިއްމެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމަށް 24 ގަޑިއިރު ހިލޭ ގުޅޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ޗައިލްޑް ހެލްޕްލައިން "1412" ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. މިހެލްޕްލައިން މެދުވެރިކޮށް މާލެ އާއި އަތޮޅުތަކުގައި…

މިނިސްޓްރީއާއި އާކް ގުޅިގެން ކުޑަކުދިންގެ ހިޔާގައި “އެކްސްޕްލޯރިންގ އާރޓް”ގެ ނަމުގައި ހާއްޞަ ޕްރޮގްރާމެއް ފަށައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ގުޅިގެން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުން ގެންދާ 10 އަހަރާއި 18 އަހަރާއި ދެމެދު 66 ކުދިންނަ އަމާޒުކޮށްގެން "އެކްސްޕްލޯރިންގ އާރޓް" ގެ ނަމުގައި ހާއްޞަ ޕްރޮގްރާމެއް ހިންގަން ފަށައިފިއެވެ. "އެކްސްޕްލޯރިންގ އާރޓް' ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުދިންގެ ފަންނީ އަދި އުފެއްދުންތެރި ހުނަރުތައް ތަރައްޤީކުރުމެވެ. ތިން މަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ…

މާޗް 2017ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ތާރީޚް
މާޗް 2017ގައި ޖުމްލަ 279 މައްސަލަ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.    ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 142 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، މާޗް 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 50%އެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 50 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން…

ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުނިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ތާރީޚް
ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުނިން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ކުދިންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީއިން ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިނިސްޓްރީއާއެކު އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި މޫކައި ހޮޓެލްސްއިން މިއަދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ…

ފިޔަވަތީގެ ކެއަރވަރކަރުންނަށް “ޕޮސިޓިވް ޕޭރަންޓިންގ” ތަމްރީން ޕްރޮގްރާމެއް ހިންގައިފި

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންއާ ގުޅިގެން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ "ފިޔަވަތި"ގެ ކެއަރވަރކަރުންނަށް "ޕޮސިޓިވް ޕޭރަންޓިންގ" ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މިޕްރޮގްރާމް ނިންމާލުމުގެގޮތުން ފިޔަވަތީގައި ބޭއްވި ރަސްމިއްޔާތުގައި ތަމްރީންގައި ބައިވެރިވި މުވައްޒަފުންނަށް ވަނީ ސެޓްފިކެޓް ހަވާލުކުރެވިފައެވެ. ފިޔަވަތީގެ 12 ކެއަރވަރކަރުންނަށް ހިންގި މި ތަމްރީން ޕްރޮގްރާމްގައި އަލިއަޅުވާލާފައިވާ ބައިތަކުގެތެރޭގައި "ކުދިން ހެދިބޮޑުވުމާއި، އެކުދިންގެ ބޭނުންތަކާއި ހައްޤުތައް"، "ކުދިން ހެދިބޮޑުވުމުގައި އަންނަ ތަފާތު މަރުހަލާތައް"، "ކުދިންނާއި މުޢާމަލާތު ކުރުން"،…