މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ހިންގި ބޭސިކް ސައިން ލެންގުއެޖް ކޯސް ނިންމާލުން

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިސްނަގައިގެން މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ސަރވިސް ވާރކަރުންނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ބޭސިކް ސައިން ލެންގުއެޖް ޓްރެއިނިންގ ކޯސް މިއަދު ވަނީ ނިންމާލާފައެވެ. މިކޯހުގެ މައިގަނޑު އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާ ކުރުމާއި އިހުމާލުވުމުގެ މައްސަލަތަކުގައި އަޑުއިވުމުން މަޙްރޫމްވެފައިވާ ކުޑަކުދިންނާއި މީހުންނަށް ފަސޭހައިން މުޢާމަލާތްކުރަން  ދަސްކޮށްދީ، އެފަރާތްތަކަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެން ހަރުދަނާކުރުމެވެ.  މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރޗް…

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އަނަންތަރާ ރިސޯޓްސް ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓަރންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި އަނަންތަރާ ރިސޯޓްސް ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓަރންޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ. އަނަންތަރާ ރިސޯޓްސްގެ އާންމު އިޖްތިމާޢީ ޙިދުމަތުގެ ގޮތުގައި ކުރިއަށްގެންދާ "މައިނަރ ހޯޕް" ޕްރޮގްރާމް މެދުވެރިކޮށް 1 އަހަރުގެ މުއްދަތަށް ހިންގާ މިތަމްރީނު ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ. އަނަންތަރާ ދިގު ރިސޯޓްގައި މިއަދު ބޭއްވި މިހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން މިނިސްޓްރީގެ…

މެލޭޝިޔާގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ދިރިއުޅޭ ބައެއް މަރުކަޒުތަކަށް މިނިސްޓަރ ޒެނިޝާ ޒިޔާރަތްކުރައްވައިފި

ތާރީޚް
މެލޭޝިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ދިރިއުޅޭ ބައެއް މަރުކަޒުތަކަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނިޝާ ޝަހީދު ޒަކީ ޒިޔާރަތްކުރައްވައިފިއެވެ. މިޒިޔާރަތުގައި މިނިސްޓަރ ޒެނީޝާ ވަޑައިގެންނެވި މަރުކަޒުތަކުގެ ތެރޭގައި ޙާއްސަ ރައްކާތެރިކަން ބޭނުންވާ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކާއި، ކުށްކުރާ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް މަސައްކަތްކުރާ މަރުކަޒަކާއި، ދޮށީ އުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގެ އިތުރުން ދޮށީ އުމުރުގެ މީހުންގެ އެކްޓިވިޓީ ސެންޓަރެއް ހިމެނެއެވެ. މިޒިޔާރަތުގައި މިނިސްޓަރ ޒެނީޝާ…

އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންސް ޕްރޮގްރާމްގައި މިނިސްޓަރ ޒެނީޝާ ބައިވެރިވަޑައިގެންފި

ތާރީޚް
މިމަހު 22 އިން 23 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަރ ލަމްފޫރުގައި ހިނގަމުންދާ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންސް ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ. މިބައްދަލުވުމުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "އެންމެން ޝާމިލުވާ މުޖުތަމަޢުތައް އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބިނާކުރުން" އެވެ. އަދި ޚާއްސަކޮށް އުމުރުންދުވަސްވީ މީހުންގެ ހައްޤުތަކާއި އަންހެނުން ހައްޤުތައް ކުރިއެރުވުމާއި، އިޖްތިމާޢީ އުފެއްދުންތެރިކަމުގެ ދާއިރާތަކަށް މި ބައްދަލުވުމުގައި…

މެލޭޝިޔާގައި ބާއްވާ އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ތަމްރީން ޕްރޮގްރާމްގައި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވެއްޖެ

ތާރީޚް
މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތީގައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށްޓަކައި ފިޔަވަތީގެ މުވައްޒަފުންނަށް ޕަރމާޓާ މެލޭޝިޔާއިން ޚާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް ފަށާފިއެވެ. ތިން ހަފްތާގެ މުއްދަތަކަށް މެލޭޝިޔާގެ ވެރިރަށް ކުއަލަރ ލަމްޕޫރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފިޔަވަތީގައި މަސައްކަތްކުރާ ޖުމްލަ 5 ޓީޗަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ފިޔަވަތީގައި ދިރިއުޅޭ 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށްޓަކައި…

ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 61 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވަޑައިގެންފި

ތާރީޚް
އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށް ހިނގަމުންދާ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 61 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ. މި މަހުގެ 13 އިން 24 އަށް ކުރިއަށްދާ މިބައްދަލުވުމުގެ ޝިއާރަކީ، "ބަދަލުވަމުން އަންނަ މަސައްކަތުގެ މާޙައުލުގައި އަންހެނުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމެވެ". އަދި، އަންހެނުންނާއި އަންހެންކުދިންނަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކާއި ގުޅިގެން ޤައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުންތައް މުރާޖަޢާކުރުންވެސް މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނެއެވެ. މި…