ފިޔަވަތީގެ ކެއަރވަރކަރުންނަށް “ޕޮސިޓިވް ޕޭރަންޓިންގ” ތަމްރީން ޕްރޮގްރާމެއް ހިންގައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންއާ ގުޅިގެން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ “ފިޔަވަތި”ގެ ކެއަރވަރކަރުންނަށް “ޕޮސިޓިވް ޕޭރަންޓިންގ” ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މިޕްރޮގްރާމް ނިންމާލުމުގެގޮތުން ފިޔަވަތީގައި ބޭއްވި ރަސްމިއްޔާތުގައި ތަމްރީންގައި ބައިވެރިވި މުވައްޒަފުންނަށް ވަނީ ސެޓްފިކެޓް ހަވާލުކުރެވިފައެވެ.

ފިޔަވަތީގެ 12 ކެއަރވަރކަރުންނަށް ހިންގި މި ތަމްރީން ޕްރޮގްރާމްގައި އަލިއަޅުވާލާފައިވާ ބައިތަކުގެތެރޭގައި “ކުދިން ހެދިބޮޑުވުމާއި، އެކުދިންގެ ބޭނުންތަކާއި ހައްޤުތައް”، “ކުދިން ހެދިބޮޑުވުމުގައި އަންނަ ތަފާތު މަރުހަލާތައް”، “ކުދިންނާއި މުޢާމަލާތު ކުރުން”، “ކުދިން ދައްކާ ވާހަކަ އަޑުއެހުން”، “ރުޅި ކޮންޓްރޯލް ކުރުން”، “މައްސަލަތައް ހައްލުކުރުން” އަދި “އަމިއްލަ ނަފްސު ރައްކާތެރިކުރުމާއި އަމިއްލަ ނަފްސަށް އަޅާލުން” ފަދަ މުހިއްމު މަޢުލޫމާތުތައް ހިމެނެއެވެ.

މި ތަމްރީން ކުރިއަށްގެންގޮސްފައިވަނީ 06 ފެބްރުއަރީ އިން 05 މާރޗް 2017އަށެވެ. ފިޔަވަތީގައި ދިރިއުޅޭ ކުދިން ބަލަހައްޓާ މުވައްޒަފުން ބިނާކުރުމަށް މިފަދަ ޕްރޮގްރާމެއް ހިންގަވައިދެއްވިކަމަށްޓަކާ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންއަށް މިނިސްޓްރީއިން ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަމެވެ. ފިޔަވަތީގައި މިވަގުތު 10 އަހަރުން ދަށުގެ 85 ކުދިން ދިރިއުޅެއެވެ.

23 އޭޕްރީލް 2017

Leave a Reply

Your email address will not be published. Required fields are marked *