އޭޕްރިލް 2017ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

އޭޕްރިލް 2017ގައި ޖުމްލަ 272 މައްސަލަ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.   

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 122 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، އޭޕްރިލް 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 40%އެވެ.
  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 37 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން 21 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފިރިހެންކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ. 

  • މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 33 މައްސަލަ؛ ޖިންސީ އަނިޔާގެ 25 މައްސަލަ؛ ނަފްސާނީ އަނިޔާގެ 17 މައްސަލަ އަދި ހަނގާކުރުމުގެ 8 މައްސަލަ ހިމެނެއެވެ.

ކުށް ކުރާ ކުޑަކުދިން

  • އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމުގެ 3 މައްސަލަ؛ މަސްތުވާތަކެތި ގެންގުޅުމުގެ 2 މައްސަލަ؛ އަދި ޖިސްމާނީ އަނިޔާކުރުމުގެ 2 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަޙްލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޙްލާޤީ މައްސަލަތަކުގެ 16 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި “ޓެމްޕަރ ޓެންޓްރަމްސް”އާ ގުޅޭ 8 މައްސަލަ؛ ގޯނާކުރުމުގެ 3 މައްސަލަ؛ ގެއިން ފިލައިގެން ދިޔުމުގެ 2 މައްސަލަ އަދި ހަނގާކުރުމުގެ 2 މައްސަލަ ހިމެނެއެވެ.

ހައްޤުތަކުން ކުޑަކުދިން މަހްރޫމްކުރުން  

  • ހައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުމާ ގުޅޭ 3 މައްސަލަ އޭޕްރިލް 2017ގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި، ސިއްޙީ ފަރުވާ ފޯރުކޮށްނުދިނުމުގެ 2 މައްސަލަ އަދި ތަޢުލީމްފޯރުކޮށްނުދިނުމާ ގުޅޭ 1 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިއީ، އޭޕްރިލް 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 15%އެވެ.
  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ޖިސްމާނީ އަނިޔާގެ 21 މައްސަލަ ތެރެއިން 18 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ. 
  • މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 13 މައްސަލަ؛ އިހުމާލުވުމުގެ 4 މައްސަލަ؛ ބިރުދެއްކުމުގެ 3 މައްސަލަ އަދި ޖިންސީ އަނިޔާގެ 3 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 21 މައްސަލަ އޭޕްރިލް 2017ގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ 13 މައްސަލަ އަދި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 8 މައްސަލަ ހިމެނެއެވެ.

 އަމިއްލަ ނަފްސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ މިނިސްޓްރީއަށް ވަނީ ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.

30 މެއި 2017

Leave a Reply

Your email address will not be published. Required fields are marked *