ޙަމްދާއި ޝުކުރުކުރަނީ ޢާލަމްތަކުގެ ވެރި ﷲ ޞުބަޙާނަޙޫ ވަތަޢާލާއަށް. ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުންމަތަށް ކައުކުރެއްވި، ލޮބުވެތި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއަށް. މި ޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން. ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙް، ފަސްޓް ލޭޑީ ފަޒުނާ އަޙްމަދު، ދައުލަތުގެ އިއްޒަތްތެރި ވަޒީރުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ރެހެންދި އެވޯޑު ލިބިވަޑައިގަންނަވާ ޝަރަފުވެރިން، އައްސަލާމްއަލައިކުން ވަރަޙްމަތުﷲ ވަބަރަކާތޫ
އިތުރަށް ވިދާޅުވޭ
2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު
ރެހެންދި އެވޯޑަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އަހަރަކު އެއްފަހަރު ދޭ
އިތުރަށް ވިދާޅުވޭ
ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް ގެ ޗައިލްޑް ފްރެންޑްލީ ވާރޝަން
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުޢާހަދާ ނުވަތަ ‘ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް’ އަކީ 1989 ވަނަ އަހަރު އދ. ގެ ޖެނެރަލް އެސެމްބްލީ އިން ފާސްކޮށްފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 1990 ވަނަ އަހަރުއެވެ. މި ޗައިލްޑް ފްރެންޑްލީ ވާރޝަން އެކުލަވާލެވިފައި ވަނީ ޔުނިސެފް މޯލްޑިވްސް ގެ އެހީތެރިކަމާއެކު. CRC Revised 2021
މިއަހަރު ރެހެންދި އެވޯޑަށް ހޮވިވަޑައިގެންނެވި ބޭފުޅުން އިޢުލާން ކުރުން
ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދެމުން ގެންދާ
އިތުރަށް ވިދާޅުވޭ