އުރީދޫ ފަން ރަންގައި ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ބައިވެރިވެއްޖެ

އުރީދޫ ފަން ރަންގައި ލ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރުން ބައިވެރިވެއްޖެ ލ. އަތޮޅު ގަމުގައި ކުރިއަށް ގެންދިޔަ އުރީދޫ ފަން ރަންގައި ލ އަތޮޅުގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރުން ބައިވެރިވެއްޖެއެވެ.

އެގޮތުން މި ހަރަކާތުގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ލާމު ފެމިލީ ސެންޓަރުގައި ތިބޭ 7 ކުދިން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. ޖުލައި މަހުގެ 5 ވަނަ ދުވަހު ބޭއްވުނު މި ކުލަގަދަ ހަރަކާތުގައި 2000 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ ފަން ރަންގައި ބައިވެރިވި ޚާއްސަ މެހެމާނަކީ، ޕީއެސްޖީގެ ލެޖެންޑް، ޖޭޖޭއޮކޯޗާއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި،

 ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރުއާދަމް ޝަރީފް ޢުމަރާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެއިތުރުން

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވަނީބައިވެރިވެވަޑައިގެންފައެވެ.

ހަމައެހެންމެ، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤް ވެސް ވަނީ މި އަހަރުގެހަރަކާތުގައި ބައިވެރިވެފައެވެ.

އުރީދޫ ފަން ރަން ވެގެން ދިޔައީ ލ.އަތޮޅުގެ އާއްމުންނާއި ޚާއްސަކޮށް ލ. ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރުގެ ފަރާތުން ބައިވެރިވި ކުދިންނަށް މަޖާ އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނު ފުރުޞަތެއްގެ ގޮތުގައި ލ އަތޮޅު އެސް.ފީ.އެސް.ސީ އިން ފާހަގަކުރެއެވެ.