ރިސާލަތު ޕްރޮގްރާމްގެ ދެވަނަ ސެޝަން “ނަމާދު” އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފި

ރިސާލަތު ޕްރޮގްރާމްގެ ދެވަނަ ސެޝަން “ނަމާދު” އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދާޢީ އައްޝައިޚް ޢަބްދުލް ޤާދިރު މުޙައްމަދެވެ. މި ސެޝަންގައި ބައިވެރިވެފައިވަނީ 16 ފަރާތެކެވެ.

އިސްރަށްވެހިންގެ ނާދީގައި ކޮންމެ ހަފްތާއަކުވެސް ތާވަލުކުރެވިފައިވާ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. މިގޮތުން މިފަދަ ކޮންމެ ހަރަކާތެއް ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން ހިމެނޭ، އެބައެއްގެ ޚިދުމަތްތަކުގެ އަގުވަޒަންކުރެވޭ، އަދި މުޖުތަމަޢުގެ އެންމެންގެ ލޯތްބާއި އިޙުތިރާމުލިބޭ ބަޔަކަށް ހެދުމެވެ.

އިސްރަށްވެހިންނަށް ޚާއްސަކޮށް ތަފާތު ހަރަކާތްތައް ނާދީގައި ކުރިއަށް ގެންދާއިރު، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގައި 750 މީހުން ވަނީ ބައިވެރިވެފައެވެ.

26 ޖޫން 2024

19 ޛުލްޙިއްޖާ 1445