ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކަމަށް ކުރިމަތިލާފައިވާ ފަރާތުގެ ޝަރުތުހަމަނުވާތީ އާއި ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޙިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުކަމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ މި ދެ ދާއިރާއަށް އަލުން ކުރިމަތިލުމަށް އިއުލާންކޮށްފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުކަމަށް އަދި ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޙިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް 2022 ފެބުރުވަރީ 01 ވާ އަންގާރަ ދުވަހުގެ 16:00ން ފެށިގެން، 2022 ފެބުރުއަރީ 07 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މިމިނިސްޓްރީގެ disability@gender.gov.mv މެއިލަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް މިމިނިސްޓްރީ އިން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށެވެ.
ޤާނޫނު ނަންބަރު: 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އަށް، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ‘ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު’ ގެ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގައި ތަމްސީލްކުރައްވަމުން އައި މެންބަރުގެ ދައުރު ހަމަވެފައިވާތީ މިމަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު، 2022 ފެބުރުވަރީ 19 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިއިންތިޚާބަކަށްވާއިރު ހަތަރު ދާއިރާއަކުން މެމްބަރުން އިންތިޚާބު ކުރާނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން
- ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޙިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން
މި ހަތަރު ދާއިރާއިން މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2022 ފެބުރުވަރީ 19 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 15:00 އަށެވެ. މީގެ އިތުރުން އިންތިޚާބު ގެ އުސޫލު އަދި އިންތިޚާބާއި ގުޅޭ އެންމެހާ މައުލޫމާތުތައް ގެޒެޓުގައި ވާނީ ޝާއިޢު ކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން (އިޢުލާން)
- ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޙިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން (އިޢުލާން)
01 ރަޖަބް 1443
02 ފެބްރުއަރީ 2022