މި އަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ޙިއްޞާކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން 10 ފަރާތަކަށް ރެހެންދި އެވޯޑު ދެއްވައިފިއެވެ.
މި އަހަރު އެވޯޑު ހާސިލުކުރެއްވި ފަރާތްތަކަކީ:
އަދާކުރާ ވަޒިފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް (އެކްސެޕްޝަނަލް އިންސްޓިޓިޔުޝަނަލް ސަރވިސް) ދާއިރާ
- އަލްފާޟިލާ އާމިނަތު މުޙައްމަދު، ދަފްތަރު ނަންބަރު 3204
- އަލްފާޟިލާ ނަސްރީނާ ޢަލީ، ދަފްތަރު ނަންބަރު 3257
އިޖުތިމާޢީ ދާއިރާ
- އަލްފާޟިލާ ޢާއިޝަތު ނާޡިމާ، ހ.ކޮޔަރ/ މާލެ
- އަލްފާޟިލާ މުއުމިނާ އާދަމް، ގ.ހާފްސީ/ މާލެ
- އަލްފާޟިލާ ޢާއިޝަތު ލޫބާ، 02-03-122/ ހުޅުމާލެ ފްލެޓް
- އަލްފާޟިލާ ޢާއިޝަތު ޝިރުޙާނާ، ހ. ބޮންތި/ މާލެ
އިޤްތިޞާދީ ދައިރާ
- އަލްފާޟިލާ އަމީނާ ޢަލީކަލޭފާނު، އަތިރީގެ/ ގދ.ގައްދޫ
އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ “ނޮން ޓްރެޑިޝަނަލް ރޯލްސް” ދާއިރާ
- އަލްފާޟިލާ މަރިޔަމް ޝިފްޒާން، މ.ހިޔަލީގުލްޝަން/ މާލެ
- އަލްފާޟިލާ އާމިނަތު އަޒްކާ ޢާދިލް، ދިގުވާނޑު ރޭވަން/ ޏ.ފުވައްމުލައް
އެމްޕްލޯޔަރސް ކެޓަގަރީ
- ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން
ކ.މާފުށީ ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރެހެންދި އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. ބުރޫޗް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.
ރެހެންދި އެވޯޑަކީ މުޖުތަމަޢުއާއި ޤައުމުގެ ތަރައްޤީއަށް ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޚާއްޞަ އެވޯޑެކެވެ.
30 ޖުމާދަލްއާޚިރާ 1440
07 މާރިޗު 2019