އޭޕްރިލް 2017ގައި ޖުމްލަ 272 މައްސަލަ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ
- ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 122 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، އޭޕްރިލް 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 40%އެވެ.
- މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.
ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ 37 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން 21 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފިރިހެންކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
- މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 33 މައްސަލަ؛ ޖިންސީ އަނިޔާގެ 25 މައްސަލަ؛ ނަފްސާނީ އަނިޔާގެ 17 މައްސަލަ އަދި ހަނގާކުރުމުގެ 8 މައްސަލަ ހިމެނެއެވެ.
ކުށް ކުރާ ކުޑަކުދިން
- އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 15 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
- މިފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމުގެ 3 މައްސަލަ؛ މަސްތުވާތަކެތި ގެންގުޅުމުގެ 2 މައްސަލަ؛ އަދި ޖިސްމާނީ އަނިޔާކުރުމުގެ 2 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންގެ އަޙްލާޤީ މައްސަލަތައް
- ކުޑަކުދިންގެ އަޙްލާޤީ މައްސަލަތަކުގެ 16 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
- މިފަދަ މައްސަލަތަކުގެ ތެރޭގައި “ޓެމްޕަރ ޓެންޓްރަމްސް”އާ ގުޅޭ 8 މައްސަލަ؛ ގޯނާކުރުމުގެ 3 މައްސަލަ؛ ގެއިން ފިލައިގެން ދިޔުމުގެ 2 މައްސަލަ އަދި ހަނގާކުރުމުގެ 2 މައްސަލަ ހިމެނެއެވެ.
ހައްޤުތަކުން ކުޑަކުދިން މަހްރޫމްކުރުން
- ހައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުމާ ގުޅޭ 3 މައްސަލަ އޭޕްރިލް 2017ގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
- މިފަދަ މައްސަލަތަކުގެ ތެރޭގައި، ސިއްޙީ ފަރުވާ ފޯރުކޮށްނުދިނުމުގެ 2 މައްސަލަ އަދި ތަޢުލީމްފޯރުކޮށްނުދިނުމާ ގުޅޭ 1 މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ
- ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިއީ، އޭޕްރިލް 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 15%އެވެ.
- މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ޖިސްމާނީ އަނިޔާގެ 21 މައްސަލަ ތެރެއިން 18 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
- މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 13 މައްސަލަ؛ އިހުމާލުވުމުގެ 4 މައްސަލަ؛ ބިރުދެއްކުމުގެ 3 މައްސަލަ އަދި ޖިންސީ އަނިޔާގެ 3 މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 21 މައްސަލަ އޭޕްރިލް 2017ގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
- މިފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ 13 މައްސަލަ އަދި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 8 މައްސަލަ ހިމެނެއެވެ.
އަމިއްލަ ނަފްސަށް ގެއްލުން ދިނުން
- އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ މިނިސްޓްރީއަށް ވަނީ ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.
30 މެއި 2017