ޤާނޫނުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް

“ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު”ގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަންހުންނަ މީހުންނަށް އެންމެހާ އަސާސީ ޙައްޤުތައް އެއްވެސް ތަފާތުކުރުމެއްނެތިލިބޭނެކަން ކަށަވަރުކޮށްދީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ފުރިހަމަ އަދިފައިދާހުރި ގޮތެއްގައި މުޖްތަމަޢުގައި ބައިވެރިކޮށް، އެފަރާތްތަކަށް މާލީ އެހީތެރިކަންފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާއި، ހަމަތައް ކަނޑައަޅައިބަޔާންކޮށްދިނުމެވެ.

މިގޮތުން މި ޤާނޫނުގެ ދަށުން، އެފަރާތްތަކަށް ކަށަވަރުކޮށްދޭ ޙައްޤުތަކުގެ ތެރޭގައި ޒާތީ މިނިވަންކަމަށް ޙުރުމަތްތެރިކޮށް ހިތުމާއި ސިއްރުތައް ހިފެހެއްޓުން ހިމެނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޒާތީ، ޞިއްޙީ އަދި އެހެނިހެން ފަރުވާތަކާބެހޭމަޢުލޫމާތުވެސް އެހެން މީހުންނެކޭ އެއްފަދައިން ސިއްރުކޮށްރައްކާތެރިކުރަންވާނެއެވެ.

މީގެ އިތުރުން، ޤާނޫނީ ޙައްޤުތައް ލިބިދިނުމުގައި އެހީތެރިކަން ލިބިދިނުމުގެ ޙައްޤުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ޤާނޫނީ ޙައިޘިއްޔަތުފުރިހަމައަށް އަދާކުރުމުގައި ބޭނުންވެދާނެ އެހީތެރިކަން ލިބިދިނުމަށްމަގުފަހިކޮށްދޭންވާނެއެވެ.

އެއާއެކު، މި ޤާނޫނުގެ ދަށުން އެފަރާތްތަކަށް މުދާ ހޯދުމާއި ލިބިގަތުމުގެ ޙައްޤުވެސް ކަށަވަރުކޮށްދެއެވެ. މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުންމުޢާމަލާތުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަންހުންނަ މީހުންނަށްވެސް ލިބިގެންވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންދިރިއުޅޭ މާޙައުލާއި ޢާންމު ތަންތަނަށް ވަދެނިކުމެ އުޅުމާއި ޚިދުމަތް ލިބިގަތުމުގެފުރުޞަތު ލިބިގެންވެއެވެ.

މީގެ އިތުރުން، ވަޒީފާދިނުމާއި، މަސައްކަތުގެ މާޙައުލުގައި ތަފާތުނުކުރުމާއި ހަމަހަމަފުރުޞަތު ލިބިދިނުމުގެ ޙައްޤު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ޤާނޫނުން ލިބިދެއެވެ. އަދި ތަޢުލީމާއި ތަމްރީނު ލިބުމުގެ ޙައްޤުގެ ދަށުން އެއްވެސް ބާވަތެއްގެތަފާތުކުރުމެއް ނެތި، ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގެނުމާއި ތަމްރީނު ލިބުމުގެފުރުޞަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހޯދައިދޭންވާނެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ނުކުޅެދުންތެރިކަމުގެސަބަބުން އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު، ޞިއްޙީ ދާއިރާއިންލިބެންހުރި އެންމެ ފުރިހަމަ ޚިދުމަތްތައް ލިބިގަތުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ރައްކާތެރިކަމާއެކީ މުޖުތަމަޢުގައި ދިރިއުޅުމުގެ ޙައްޤުގެ ދަށުން، ގޭތެރެއިންނާއި،ގެއިންބޭރުން ލިބިދާނެ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކާއި އިހާނެތިގޯނާތަކުންނާއި، ފުރައްސާރަކުރުމުންނާއި، އެމީހުންގެ ނުކުޅެދުންތެރިކަމުގެސަބަބުން އެމީހުންގެ ބޭނުން ނަހަމަގޮތުގައި ހިފުން ފަދަ އެންމެހައި ކަންކަމުންއެމީހުން ޙިމާޔަތްކުރަންވާނެއެވެ.

އަދި ހަމައެހެންމެ މިފަދަ ޢަމަލުތަކުން އެމީހުން ރައްކާތެރިކުރުމަށް މަގުފަހިކޮށްދިނުމުގެގޮތުންނާއި، އެމީހުންނަށާއި އެމީހުންގެ ޢާއިލާތަކަށާއި މުޖްތަމަޢުގެ އެހެން މީހުންނަށްމިފަދަ ޢަމަލުތައް ދެނެގަތުމަށާއި، ހުއްޓުވުމަށާއި، ކަމާބެހޭ ފަރާތައް ރިޕޯޓްކުރުމަށްމަގުފަހިކޮށްދިނުމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށްލިބިދޭންޖެހޭ އިންސާފާއި، ރައްކާތެރިކަމާއި، ފަރުވާއާއި، އެހީތެރިކަންހޯދައިދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ޤާނޫނީ، އިދާރީ، އިޖްތިމާޢީ، އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ފިޔަވަޅުތައް ދައުލަތުން އަޅަންވާނެއެވެ.

ހަމަމިއާއެކު، ދަތުރުފަތުރުކުރުމުގައި ޙިމާޔަތްތެރިކަން ދިނުމާއި، ކުލަބުޖަމްޢިއްޔާތަކުގައި ބައިވެރިވުމުގެ ޙައްޤުގެ އިތުރުން، އިޖުތިމާޢީ ޙަރަކާތްތަކުގައިބައިވެރިވުމުގެ ޙައްޤު އެފަރާތްތަކަށް ލިބިގެންވެއެވެ. މިގޮތުން މީހެއްގެ ކިބައިގައިވާނުކުޅެދުންތެރިކަމެއްގެ ސަބަބުން، އިޖުތިމާޢީ ޙަރަކާތްތަކާއި ޢާންމުކޮށްހުޅުވައިލެވިގެން ބާއްވާ އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުން އެމީހަކުއެއްކިބާކުރުމަކީ ޤާނޫނުގައި މަނާކަމެކެވެ.

ޤާނޫނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި އެންމެހައި ޙައްޤުތައް ކަށަވަރުކޮށްދީފައި އޮތުމުން ސާފުވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެހެން މީހުންނެކޭ އެއްފަދަ އަދި އެއްހަމަ ފުރުޞަތުތަކެއް ޤާނޫނުން ލިބި ދީފައިވާކަމެވެ.

މި ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދިނުމުގައިނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަކުޑަކުދިންނަށާއި އަންހެނުންނަށް އިތުރު ޚާއްޞަ ރައްކާތެރިކަމާއި ސަމާލުކަންދޭންވާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނާބެހޭ ކަންކަންނިންމުމުގައި އަބަދުވެސް ވިސްނަންވާނީ ހަމައެކަނި އެކުދިންގެ މަންފާއާއިލާބައަށެވެ. މިނޫންގޮތަކަށް ކަންކުރުމަކީ މަނާކަމެއްކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.