ޖޫން 2017 ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް
ޖޫން 2017 ގައި ޖުމްލަ 162 މައްސަލައެއް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 83 މައްސަލަ ޖޫން މަހު ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ޖޫން 2017 ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 51 އިންސައްތައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިގޮތުން މިބާވަތުގެ ޖުމްލަ 28 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މިބާވަތުގެ މައްސަލަތަކުގެ…
މިނިސްޓްރީ އާއި އެމް. އެން. ޑީ. އެފް. ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ކުރިއަށްގެންދާ މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހުގެ ފުރަތަމަ ސެމިސްޓަރގެ މަސައްކަތްތައް ހުށަހަޅައިފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް. އެން. ޑީ. އެފް) ގުޅިގެން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ކުރިއަށްގެންދާ މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހުގެ ފުރަތަމަ ސެމިސްޓަރގައި އެކުދިން ކޮށްފައިވާ މަސައްކަތްތައް ހުށަހަޅައިފިއެވެ. އެކުދިންގެ މަސައްކަތްތައް ހުށަހެޅުމަށް އިއްޔެ ކުޑަކުދިންގެ ހިޔާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ އާއި އެމް. އެން. ޑީ.…
ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރައްވައިފި
އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނާއެކު މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންގެ ކާރޓޫން ފިލްމް" ކާޒް 3" ގެ ޚާއްޞަ ޝޯއެއް ޝްވެކް ސިނަމާގައި ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވަނީ އެ ކުދިންނާއެކު މިއަދު އެ ޝޯ ބައްލަވައިލައްވާފައެވެ. މިހަރަކާތުގައި،…
މެއި 2017ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް
މެއި 2017ގައި ޖުމްލަ 239 މައްސަލަ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 118 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، މެއި 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 49 އިންސައްތައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. މިގޮތުން މިބާވަތުގެ ޖުމްލަ 36 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. ކުޑަކުދިންނަށް ކުރާ…
ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީއާއެކު ތިން ފަރާތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
ދަޢުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ފަރާތަކުން މިއަދު ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ބެސްޓް ބައި މޯލްޑިވްސް، ސްޓާޒް ސްޕޯޓްސް ކްލަބް އަދި އޭޖްޑް ކެއަރ މޯލްޑިވްސްއިންނެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ފިޔަވަތީގައި ދިރިއުޅޭ 10 އަހަރުން ދަށުގެ 100 ކުދިންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި…
ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުންޏަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުންޏަކުން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ފިޔަވަތީގައި ދިރިއުޅޭ 10 އަހަރުން ދަށުގެ 100 ކުދިންނަށް އެހީތެރިވެދިނުމަށް މިއަދު މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ އަދި ހޮޓެލް އެންޑް ރެސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ. ކުދިންނަށް ފޯރުކޮށްދޭ…