ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް 2017

ތާރީޚް
ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން މިއަދު ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ. ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި، ޑިސްއެބިލިޓީ ކައުންސިލްގެ މެމްބަރުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކާއި، މުއައްސަސާތަކާއި، އާންމު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. މިހަފްލާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ…

ތަޙައްމުލުކުރަމުންދާ އަނިޔާއެއް ރިޕޯޓުކޮށް، ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރާ އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބައެއްކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވެއްޖެ

ތާރީޚް
ތަޙައްމުލުކުރަމުންދާ އަނިޔާއެއް ރިޕޯޓުކޮށް، ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރާ އަންހެނުންނަކީ ވަރަށް ހިތްވަރު ގަދަ ބައެއްކަމަށާއި، އެ މީހުންގެ ސަބަބުން އެފަދަ ހާލަތުތައް ދިމާވާ އެހެން ފަރާތްތަކަށް ހިތްވަރުލިބިގެންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ މިއަދު ވިދާޅުވެއްޖެއެވެ. އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ކޮންމެ އަހަރަކުވެސް ނޮވެންބަރު 25އިން ޑިސެންބަރު 10އަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް"ގެ ހަރަކާތް…

ފ.ނިލަންދޫއަށް މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ތާރީޚް
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް އިއްޔެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ނިލަންދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ސެންޓަރުގެ މުވައްޒަފުންނާ ވާހަކަދެއްކެވިއެވެ.  މީގެ އިތުރުން، ފ.އަތޮޅު ކައުންސިލާއި، ހެލްތު ސެންޓަރާއި ޕޮލިސް ސްޓޭޝަން، އަދި ނިލަންދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި، މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވައި، މިނިސްޓްރީއާއި…

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އިޖުތިމާޢީ އަދި އިޤްތިޞާދީ ގެއްލުންތަކެއް ލިބޭކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވެއްޖެ

ތާރީޚް
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ދިވެހިރާއްޖެއަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގެއްލުންތަކެއް ލިބޭކަން ޤަބޫލުކުރަންޖެހޭ ކަމަށާއި، އަނިޔާއިން ކުދިން ރައްކާތެރިކޮށް އަދި އަނިޔާއާ ދެކޮޅަށް ކުޑަ ކުދިން ބާރުވެރިކުރުވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދޭކަމެއްކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކުރައްވައި މިއަދު ދެއްވި…

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޒަކީ އޮމާނުގައި ޚާއްޞަ ރައްކާތެރިކަން ބޭނުންވާ މީހުންނަށާއި ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވައިލައްވައިފި

ތާރީޚް
އޮކްޓޫބަރު މަހު 29އިން 31އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އޮމާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމުގައި ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށާއި ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވައިލައްވައިފިއެވެ. އެ ގޮތުން މިނިސްޓަރ ޒެނީޝާ ވަނީ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚިދުމަތްދޭ މަރުކަޒަކަށާއި، އަންހެނުންގެ ޖަމާޢަތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ ކަންކަން ހިންގަވާގޮތް ބައްލަވައިލައްވައިފައެވެ. އެސޯސިއޭޝަން ފޮރ ދަ ވެލްފެއަރ އޮފް ޑިސްއޭބަލްޑް ޗިލްޑރަންއަށް…

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ބަޙްރައިނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ތާރީޚް
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ބަޙްރައިނަށް ވަޑައިގެންފިއެވެ. މި މަހުގެ 25އިން 27އަށް މިނިސްޓަރ ޒެނީޝާ ބަޙްރައިނަށް ކުރެއްވި މި ދަތުރުފުޅުގައި، އެ ޤައުމުގެ ލޭބަރ އެންޑް ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރ، ހިޒް އެކްސެލެންސީ ޖަމީލް ބިން މުޙައްމަދު ޢަލީ ޙަމައިދާންއާއި، ފޮރިން މިނިސްޓަރ، ހިޒް އެކްސެލެންސީ ޝައިޚް ޚާލިދު ބިން އަޙްމަދު ބިން މުޙައްމަދު އަލް ޚަލީފާއާ ބައްދަލުކުރެއްވިއެވެ. އެ ގޮތުން، ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރުގެ ބައްދަލުވުމުގައި،…