އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމަށް ވ.އަތޮޅުގައި ސެޝަންތަކެއް ހިންގައިފި
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން "އަހަން" ކެމްޕޭންގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވ.އަތޮޅުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ހިންގައިފިއެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން "އަހަން" ކެމްޕޭންގެ ދަށުން 122 ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވ.އަތޮޅުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ހިންގައިފިއެވެ. މި ސެޝަންތައް އަމާޒުކޮށްފައިވަނީ 4ން 8އާ…
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް “އެކްސެސިބިލިޓީ” އާއި “އިންކްލޫސިވިޓީ” ކަށަވަރުކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީތަކެއް – މިނިސްޓަރ ޒެނީޝާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "އެކްސެސިބިލިޓީ"އާއި "އިންކްލޫސިވިޓީ" ކަށަވަރުކޮށްދިނުމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ސްމާޓް ސިޓީތަކެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. ހޮޓެލް ޖެންގައި މިއަދު ފެށުނު "ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް"ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީގެ ސަބަބުން ދިވެހިންގެ ޢާންމު ދިރިއުޅުމަށް މިއަދު ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި، ދިވެހިންނަކީ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ފުޅާ…
ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނާއެކު މިނިސްޓަރ ޒެނީޝާ ފިތުރު ޢީދު ފާހަގަކުރައްވައިފި
ިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ މަރުކަޒުތަކުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ މި އަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރައްވައިފިއެވެ. މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނާއެކު އެ ކަމަނާ ފިތުރު ޢީދު ފާހަގަކުރައްވާ ތިންވަނަ އަހަރެވެ. ފިތުރު ޢީދުގެ މުނާސަބަތުގައި މިނިސްޓްރީން ވަނީ އެނިމޭޓަޑް ކާރޓޫން ފިލްމު "ސިންގް" ގެ ޚާއްޞަ ޝޯއެއް އޮލިމްޕަހުގައި މިއަދު ހެނދުނު އިންތިޒާމުކޮށްފައެވެ.…
ރަމަޟާން މަހަށް ޚާއްޞަ ޕްރޮގްރާމްތަކެއް ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ހިންގައިފި
ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ރަމަޟާން މަހަށް ޙާއްޞަ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ. ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހިންގައިފައިވަނީ ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެކެވެ. މި މަހުގެ 10އިން 14އަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތްތަކުގައި ގްރޭޑް 1ން ފެށިގެން 5އާ ދެމެދުގެ ގްރޭޑްތަކުގައި ކިޔަވާ ކުދިން ބައިވެރިވެފައިވެއެވެ. އެ ގޮތުން، މަދަހަ މުބާރާތުގައި 36 ކުދިން ބައިވެރިވެފައިވާއިރު، ޤުރުއާން…
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ އެޑްވާންސް ސައިން ލެންގުއޭޖް ޓްރޭނިންގގެ ދެވަނަ ޕްރޮގްރާމް ނިންމައިލައިފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ އެޑްވާންސް ސައިން ލެންގުއޭޖް ޓްރޭނިންގގެ ދެވަނަ ޕްރޮގްރާމް ނިންމައިލައިފިއެވެ. 11 ބައިވެރިންނާއެކު 1 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކިއެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް އެހީތެރިވެދިނުމެވެ. އެޕްރީލް މަހުގެ 3އިން 30ގެ ނިޔަލަށް ކުރިއަށް ދިޔަ މި ޓްރޭނިންގ ނިންމުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގައި ރޭ ބޭއްވި…
2017ވަނަ އަހަރުގެ ތެރޭގައި 7 ކުއްޖަކު ފޮސްޓަރކޮށް، އިތުރު 20 ކުއްޖަކު އެ ކުދިންގެ ޢާއިލާތަކާ ހަވާލުކޮށްފި
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން 7 ކުއްޖަކު މިދިޔަ އަހަރު ފޮސްޓަރކޮށްފިއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އެކުލަވައިލައިފައިވާ ފޮސްޓަރ ޕެނަލްގެ 2017ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާގޮތުގައި މިދިޔަ އަހަރު ފޮސްޓަރކުރުމަށް ޢާއިލާތަކާ ހަވާލުކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ 3 އަހަރުން ދަށުގެ 2 އަންހެން ކުދިންނާއި 5 ފިރިހެން ކުދިންނެވެ. މި ކުދިން ހަވާލުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި…