ތާރީޚް 27/11/2018

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފު ދ.ކުޑަހުވަދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. ނޮވެމްބަރު 26ގައި ކުރެއްވި މި ދަތުރުފުޅަކީ، ދ.ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ދައުރަކަށް އެކުލަވައިލުމާ ގުޅިގެން ބާއްވާ ޙަފުލާ ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ. މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ އަތޮޅާއި ރަށުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއް ކަމުގައި މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އެހެން ކަމުން، މި…