ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި 10 ފަރާތަކަށް ރެހެންދި އެވޯޑު ދެއްވައިފި
މި އަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ޙިއްޞާކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން 10 ފަރާތަކަށް ރެހެންދި އެވޯޑު ދެއްވައިފިއެވެ. މި އަހަރު އެވޯޑު ހާސިލުކުރެއްވި ފަރާތްތަކަކީ: އަދާކުރާ ވަޒިފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތް (އެކްސެޕްޝަނަލް އިންސްޓިޓިޔުޝަނަލް ސަރވިސް) ދާއިރާ އަލްފާޟިލާ އާމިނަތު މުޙައްމަދު، ދަފްތަރު ނަންބަރު 3204 އަލްފާޟިލާ…
ނުބައި ތަޞައްވުރެއް އުފެދިގެން ދާ ގޮތަށް، އަދި އޭގެ އެންމެ ފުރިހަމަ މަޢުލޫމާތު ނުހިމެނޭ ގޮތަށް އައްސުލްޠާނާ ޚަދީޖާގެ ޝަޚްޞިއްޔަތު ސިފަކުރެވިފައި އޮތްއޮތުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވެއްޖެ
ނުބައި ތަޞައްވުރެއް އުފެދިގެން ދާ ގޮތަށް، އަދި އޭގެ އެންމެ ފުރިހަމަ މަޢުލޫމާތު ނުހިމެނޭ ގޮތަށް ދިވެހިރާއްޖޭގައި ވިރާޘީ ރަސްކަމެއްކުރެއްވި އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި (ރެހެންދި ޚަދީޖާ)ގެ ޝަޚްޞިއްޔަތު ސިފަކުރެވިފައި އޮތް އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށާއި، އެ ކަމަނާގެ ރަސްކަމުގައި ހިނގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް އަލުން ދިރާސާކޮށް، އެ ކަމުގެ ހަޤީޤަތް ކުރިއަށް އޮތް ޖީލުތަކަށް ސާފުކޮށްދެއްވުމަށް…
ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށް އަނަންތާރާ ރިސޯޓާއެކު މިނިސްޓްރީން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އަނަންތާރާ ރިސޯޓާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫ.ގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، އަނަންތާރާ ރިސޯޓްގައި އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުޞަތު ލިބި، މި ދާއިރާއިން ވަޒީފާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަނަންތާރާ ދިގު ރިސޯޓު މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި…
ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން އާސަންދައާއި އެންސްޕާގެ ކައުންޓަރެއް އައިޖީއެމްއެޗްގައި ގާއިމުކޮށްފި
ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން އާސަންދައާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ "ޑިސްޕެޗް" ކައުންޓަރެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މިއަދު ގާއިމުކޮށްފިއެވެ. އައިޖީއެމްއެޗްގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި މި ކައުންޓަރގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްއެވެ. މި ކައުންޓަރުގެ ސަބަބުން އާސަންދައާއި އެންސްޕާއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް އައިޖީއެމްއެޗްއިން ވެސް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި އާސަންދައާއި އެންސްޕާގެ…
އިންޑިއާގައި ކުރިއަށް ދިޔަ “ރީޖަނަލް ވިމެން ލީޑަރސް ޑައިލޮގް”ގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންފި
ކެނެޑާގެ ސަރުކާރުން މި މަހުގެ 21ން 22ށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިންތިޒާމުކުރި "ރީޖަނަލް ވިމެން ލީޑަރސް ޑައިލޮގް، ފެމްޕަރލް4: ބްރޭކިންގ ބެރިއާސް"ގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ. އެ ކަމަނާ މި ޑައިލޮގްގައި ބައިވެރިވެވަޑައިގެންނެވީ ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޑޭވިޑް މެކްކިނަން ދެއްވި ޚާއްޞަ ދަޢުވަތަކަށެވެ. މި ގައިލޮގްގައި 14 ޤައުމެއްގެ އަންހެން 20 ލީޑަރުން ބައިވެރިވެ، މި…
އަންހެނުންނާ ގުޅުން ހުރި ޤާނޫނުތައް ތަންފީޛުކުރާ މިންވަރު ބެއްލެވުމަށްޓަކައި މިނިސްޓަރ ޝިދާތާ މުއައްސަސާތަކަށް ޒިޔާރަތްކުރައްވަން ފައްޓަވައިފި
ޤާނޫނުތަކުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ތަންފީޛުކުރާ މިންވަރު ބެއްލެވުމަށްޓަކައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟީލާ ޝިދާތާ ޝަރީފް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް މިއަދު ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ. އެ ގޮތުން އެ ކަމަނާ ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖްމަންޓާއި އަންހެން މުވައްޒަފުންނާ ބައްދަލުކުރައްވައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ތަންފީޛުކުރާ މިންވަރު…