އިންސާނީ ކާރިސާތަކުގައި ޖިންސީ ގޮތުންނާއި ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ޓަކައި ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ދިވެހިރާއްޖޭން ދެމިއޮންނާނެ – މިނިސްޓަރ ޝިދާތާ
އިންސާނީ ކާރިސާތަކުގައި ޖިންސީ ގޮތުންނާއި ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ޓަކައި ސަޤާފީ، އިޖުތިމާޢީ، ފިކުރީ ގޮތުން ވިސްނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ދިވެހިރާއްޖޭން ދެމިއޮންނާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ދާ "އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ކޮންފަރެންސްގައި ސްޓޭޓްމަންޓް ދެއްވަމުން މިނިސްޓަރ…
މިނިސްޓަރ ޝިދާތާ ރަސްމީ ދަތުރުފުޅެއްގައި ނޯވޭއަށް ފުރާވަޑައިގަންނަވައިފި
ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ދާ "އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ނޯވޭ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިރޭ ފުރާވަޑައިގަންނަވައިފިއެވެ. މި މަހުގެ 23ން 24ށް ކުރިއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ހައި-ލެވެލް ސެގްމެންޓްގައާއި ސައިޑް އިވެންޓްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ނޯވޭ ސަރުކާރާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން…
ޢާއިލާ ތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް ކުޑަކުދިންގެ ބައިވެރިވުމާއި މުހިންމު ކަން އެ ކުދިންނަށް އިހުސާސްކޮށް ދޭން ޖެހޭ – މިނިސްޓަރ ޝިދާތާ
ޢާއިލާ ތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، އެ ކުދިންނަކީ މުހިންމު ބައެއް ކަން އިހުސާސްކޮށް ދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކޮށް މިއަދު ދެއްވި ޚިޠާބުގައި މިނިސްޓަރ ޝިދާތާ ވިދާޅުވީ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ ކުޑަކުދިން ބާރުވެރިކުރުވުން ކަމުގައި ވާ އިރު، ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން…
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ޗިލްޑްރަންސް ޑޭ ކޭމްޕް 2019″ގެ ނަމުގައި ހަރަކާތެއް އިންތިޒާމުކޮށްފި
މި އަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން "ޗިލްޑްރަންސް ޑޭ ކޭމްޕް 2019"ގެ ނަމުގައި ޚާއްޞަ ހަރަކާތެއް މިއަދު އިންތިޒާމުކޮށްފިއެވެ. މި ހަރަކާތް އިންތިޒާމުކުރެވުނީ ތިންކް މޯލްޑިވްސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްއާ ގުޅިގެން ހުޅުމާލޭ ފަރުކޮޅުފުށީގައެވެ. މި ފަދަ ކޭމްޕެއް އިންތިޒާމުކުރުމުގެ މަޤްޞަދަކީ ކުޑަކުދިން ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އެ ކުދިންނަށް ބޭނުންވާނެ…
އަންހެނުން ބާރުވެރި ބަޔަކަށް ނުވެގެން އުޅެނީ ޤާނޫނުތަކެއް ނެތިގެންނޭ ދެންނެވޭކަށް ނެތް – މިނިސްޓަރ ޝިދާތާ
ޖެންޑަރ އިކުއަލިޓީގެ ޤާނޫނު ތަޞްދީޤުކުރެވުނުތާ ބަރާބަރު 3 އަހަރު ކުރިއަށް އޮތް އޮގަސްޓު މަހު 23ގައި ފުރޭ އިރު، އަންހެނުން ސިޔާސީ ގޮތުންނާއި އިޤުތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބާރުވެރި ބަޔަކަށް ނުވެގެން އުޅެނީ ޤާނޫނުތަކެއް ނެތިގެންނޭ ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. ޓްރާންޕޭރެންސީ މޯލްޑިވްސްއާއި ޔޫއެންޑީޕީ ގުޅިގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ "ސިމްޕޯސިއަމް އޮން ވިމެންސް ޕޮލިޓިކަލް ޕާޓިސިޕޭޝަން"…
ރިވެލި އެވޯޑު 2019އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ލާބައަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އެ ކަމަށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދެވޭ މި އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކަކީ: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (4 ފަރާތް) ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ (1 ފަރާތް) ނުކުޅެދުންތެރިކަން…