ނޫސް ބަޔާން
ދުނިޔޭގައި މިހާރު ފެތުރެމުންދާ "ކޯވިޑް-19" ރޯގާއާ ގުޅިގެން، އެ ރޯގާއިން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ އަންނަނިވި ފިޔަވަޅުތައް އަޅައިފައެވެ. - މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ ޢާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑައިލުން. - މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތަޢުލީމާއި، ތަރުބިއްޔަތާއި މުނިފޫހިފިލުމުގެ އިންޒާމުތައް މަރުކަޒުތަކުގައި ހަމަޖެއްސުން. - މަރުކަޒުގައި ދިރިއުޅޭ ކުއްޖަކަށް ނުވަތަ މީހަކަށް ރޯގާ ޖެހިއްޖެ ނަމަ…
ނޫސް ބަޔާން
20 ނޮވެންބަރު 2019ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)އަށް ޢަމަލުކުރަން ފަށާނީ 20 ފެބުރުވަރީ 2020ވާ ބުރާސްފަތި ދުވަހުގައެވެ. މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުން ހިމެނެއެވެ. އަދި ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައްޔާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާޢީ…
ނޫސް ބަޔާން
ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ގުޅުންހުރި، (މި ހިނގާ ފެބުރުވަރީ މަހުގައި 22 އަހަރު ފުރޭ) ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ޤާނޫނީ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2017ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި ދެންނެވި މީހާއާ ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ފުރަތަމަ ބައްދަލުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ އަހަރުގެ ޖަނަވަރީ މަހުގައެވެ. 2017ވަނަ އަހަރު މި ދެންނެވި މައްސަލަ ދައުލަތުގެ ސަމާލުކަމަށް އައިއިރު ވެސް މި މައްސަލައިގައި ހިމެނޭ މީހާއަށް 18 އަހަރު…
ނޫސް ބަޔާން
އިޖުތިމާޢީ ގޮތުން ޚިދުމަތްކުރެއްވުމަށް ޓަކައި އޮނަރަރީ މަޤާމުތަކުގައި ހުންނަވާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި ޢާންމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމުގައިވާއިރު، ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ޑިސެންބަރު 2019ގައި ބޭއްވި ރިވެލި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި "އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރ"ކަން އެރުވިފައިވާ ގ.ނީރުވީކް އަޙްމަދު ހިޝާންއާ ގުޅުން ހުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ބަލަމުންދާކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށް ލިބިފައިވާތީ، އެ އޮނަރަރީ މަޤާމުން ގ.ނީރުވީކް އަޙްމަދު ހިޝާން…
ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކަށް 14،000 އެމެރިކާ ޑޮލަރު ހަދިޔާކުރައްވައިފި

ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާން ސަރުކާރުގެ ފަރާތުން 86,961 އެމެރިކާ ޑޮލަރު ހަދިޔާކުރައްވައިފި
