“ކާމިޔާބުގެ ރަސްމަގު” ޕްރޮގްރާމުގައި ބައިވެރިވެ އިސްރަށްވެހިންގެ ޝުއޫރުތައް ފާޅުކޮށްފި

ތާރީޚް
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "ކާމިޔާބުގެ ރަސްމަގު" ޕްރޮގްރާމުގައި ބައިވެރިވެއިސްރަށްވެހިންނަށް ދިމާވާ ތަފާތު އިޖުތިމާއީ މައްސަލަތަކާއި ގުޅޭ ޝުއޫރުތައް ފާޅުކޮށްފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންގެ ނާދީގައެވެ. ޕްރޮގްރާމު ހުށަހަޅުއްވާ ދެއްވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރެސެންޓަރ ރުޤިއްޔާ ސައީދެވެ. އިސްރަށްވެހިންގެ ފަރާތުން ފާޅުކުރައްވާ ޝުއޫރުތަކާއި، އެބޭފުޅުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޕެނަލްގައި ޝެއިޚް ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ، އަދިދިވެހިޚާރިޖިއްޔާއަށް ޚިދުމަތްކުރައްވަމުން ގެންދަވާ ޑރ ހާލާ ހަމީދުގެ އިތުރުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ…

ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުން އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި!

ތާރީޚް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ކުރި ޒިޔާރަތްތަކުން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތަކެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރެވެއެވެ. މިކަންކަމަށް ރިއާޔަތްކޮށް، މި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ…

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ މީހުން މަރުކަޒުން ބޭރު އުފާވެރި މާހައުލަކަށް!

ތާރީޚް
ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް، މަރުކަޒުން ބޭރަށް ނެރެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް މަރުކަޒުގެ ފަރާތުން ޕިކްނިކް ދަތުރެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕިކްނިކުގައި މަރުކަޒުން ފަރުވާ ހޯދަމުންދާ 11 އަންހެނުންނާއި، 12 ފިރިހެނުންނާއެކު ޖުމްލަ 23 މީހުން ވަނީ ބައިވެރިވެފައެވެ. އަދި މި ދަތުރުގައި އެ ފަރާތްތަކާއެކު ކެއާ ވޯކަރުންނާއި މަރުކަޒުގެ މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ. ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ…

އިސްރަށްވެހިންގެ ނާދީގައި އިއްދައާއި، ރަހިމާއި އުރަމަތީގެ ކެންސަރާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވައިފި

ތާރީޚް
އިއްދައިގައި ދިމާވާ މައްސަލަތަކާއި، އުރަމަތި އަދި ރަހިމުގެ ކެންސަރާއި ގުޅޭ މުހިންމު މަޢުލޫމާތު ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވައިފިއެވެ. މި ސެޝަން ނަންގަވައިދެއްވީ ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމެން ކްލިނިކްގެ ފަރާތުންނެވެ. އުމުރުން ދުވަސްވާއިރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ ނުހަނު މުހިންމު ކަމަށް ވާއިރު، މި ސެޝަނުގައި ރަހިމާއި އުރަމަތީގެ ކެންސަރާއި، އިއްދައާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ވަނީ ބައިވެރިންނާއި ހިއްސާކޮށްފައެވެ. މިގޮތުން އުރަމަތީގެ ކެންސަރު ދެނެގަތުމަށް ކުރާ ތަފާތު ޓެސްޓުތަކާއި، އުރަމަތީގެ ކެންސަރު އަމިއްލައަށް ދެނެގަންނާނެ…

އެންސްޕާއާއި ގުޅިގެން އެހީ ފޯރުކޮށްދޭނެ ގޮތުގެ މަޝްވަރާތައްކޮށް ސްކީމުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި!

ތާރީޚް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ދަށުން ގެތަކަށް ޒިޔާރަތްކުރާ ޓީމުތައް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޤައުމީ އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތަކަށް އަހުލުވެރިކުރުމަށް ޚާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ…

މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ ޚިދުމަތްތެރިންނަކީ އޯގާތެރިކަމާއި އަޅާލުމާއިއެކު، ރައްޔިތުންނާއި ގުޅިގެން، ގާތުން ޚިދުމަތްދޭ ބަޔަކަށް ހެދުމުގެ ގޮތުން މިވުޒާރާގެ މުވައްޒަފުންނަށް ސިލްސިލާ ތަމްރީނު ޕްރޮގްރާމެއް ފަށައިފި.

ތާރީޚް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަކީ ރައްޔިތުންނާއި ގުޅިގެން، ގާތުން ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންގެ އުނދަގޫތައް ދެނެގަނެ، އެކަންކަން ހައްލުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ވުޒާރާއެކެވެ. މި އަމާޒު ހާސިލު ކުރުމަށްޓަކައި، މިވުޒާރާގެ ފަރާތުން ޚިދުމަތްދޭ ކޮންމެ ޚިދުމަތްތެރިއަކީވެސް އޯގާތެރި، ކުލުނުވެރި، މުޢާމަލާތްކުރުމުގައި އެހެން މީހުންގެ ޙާލަތު ދެނެގަންނަ ބަޔަކަށްވުން ވަރަށް މުހިންމެވެ. މިގޮތުން މެއި މަހުގެ 13 އިން 18 އަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި މިކަންކަމަށް ބައިވެރިން އިތުރަށް އަހުލުވެރިކުރުވުމަށް ވަނީ…
1 2 3 52