އޮކްޓޫބަރު 2021 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

އޮކްޓޫބަރު 2021 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 222 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 95 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 20 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ 05 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ  13 މައްސަލައެވެ.
  • މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން / އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 10 މައްސަލަ، އިހުމާލުވުމުގެ 04 މައްސަލަ، ހިފެހެއްޓުމުގެ 04 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 04 މައްސަލަ،  ޖިންސީ ހާނިއްކަ ކުރުމުގެ 03 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 02 މައްސަލަ، ޖިންސީ ފުރައްސާރަ ކުރުމުގެ 02 މައްސަލަ، މުދާ ހިފެހެއްޓުމާއި / މުދަލަށް ގެއްލުން ދިނުމުގެ 02 މައްސަލަ އަދި މާލީ / އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ޢާއިލީ މައްސަލަތައް

  • ޢާއިލީ 24 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 12 މައްސަލަ އަދި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 12 މައްސަލަ ހިމެނެއެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 20 މައްސަލަ އޮކްޓޫބަރު މަހު ވަނީ ހުށަހަޅައިފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެ 11 މައްސަލަ، ސްކޫލަށް ދާން ބޭނުންނުވުމުގެ 04 މައްސަލަ، ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ އަދި އެހެން ކުދިންނަށް އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ 01 މައްސަލަ އަދި އިތުރު 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 13 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލައެވެ.

 

ޤާނޫނާއި ގަވާއިދާ ހިލާފަވުން

  • ޤާނޫނާއި ގާވާއިދާ ހިލާފުވުމުގެ 11 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ އިތުރު 7 މައްސަލަ އަދި ވައްކަން ކުރުމުގެ 05 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 07 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ 4 މައްސަލަ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 02 މައްސަލަ އަދި އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 01 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 04 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • އެއީ ކުދިން ސްކޫލަށް ނުފޮނުވުމުގެ 02 މައްސަލަ، ވެކްސިން ނުދިނުމުގެ (ކުދިންނަށް) 01 މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސް އެޅުން / ނުދިނުމުގެ 01 މައްސަލައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • އޮކްޓޫބަރު މަހުގައި 05 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވޭ އަދި 02 ކުދިން ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.
  • އޮކްޓޫބަރު މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 210 އެވެ.

26 ރަބީޢުލްއާޚިރު 1443

01 ޑިސެންބަރު 2021

Leave a Reply

Your email address will not be published. Required fields are marked *