ވާރލްޑް މެންޓަލް ހެލްތް ޑޭ 2021
މިއަދަކީ "ވާރލްޑް މެންޓަލް ހެލްތް ޑޭ" އެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށްޓަކައި ޑަބް.ލިއު.އެޗް.އޯ އިން ކަނޑައަޅާފައިވާ ޝިއާރަކީ "މެންޓަލް ހެލްތް ކެއަރ ފޮރ އޯލް: ލެޓްސް މޭކް އިޓް އަ ރިއަލިޓީ" އެވެ. ނަފްސާނީ ބަލިކަމަކީ ކޮންމެ މީހަކަށްވެސް، ކޮންމެ ވަގުތެއްގައިވެސް އަދި ކޮންމެ ތަނެއްގައި ހުރިކަމުގައި ވިޔަސް ކުރިމަތި ވެދާނެ ކަމެކެވެ. އަދި އެއީ ކުއްލިއަކަށް ދިމާވާނެ ކަމެއް ނޫންކަމާއި ނަފްސަނީ ބައްޔަކީ މަޑުމަޑުން ނޭގިހުރެވެސް ވެދާނެކަމެއްކަން ދެނެގަތުން މުހިންމެވެ. ދުނިޔޭގައި 1 ބިލިއަންއާއި ކައިރި…
ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް 2021
ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ގޮތުގައި އދ.އިން ކަނޑައަޅާފައި ވަނީ އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ދުވަސްވީ މީހުންނަށް ހުރި ފުރުސަތުތަކާއި ދިމާވާ ގޮންޖެހުންތަކާއިމެދު ވާހަކަ ދައްކައި އެކަންތައްތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރުމެވެ. މި ދުވަހުގެ ތީމުގެ ގޮތުގައި މިއަހަރު އދ.އިން ކަނޑައަޅާފައިވަނީ Digital Equity for all age "ސުމޭކުގެ ހަމަހަމަ ފުރުޞަތު ހުރިހާ އުމުރަކަށް" މި ތީމެވެ. ހުރިހާ އުމުރުފުރައަކަށް ހަމަހަމަކަމާއެކު ޑިޖިޓަލް ވަސީލަތްތަކުގެ ފަސޭހަކަން…
ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންނަށްކުރާ އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ދުވަސް 2021
މިއަދަކީ "ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންނަށްކުރާ އަނިޔާއާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ދުވަސް" މި ދުވަސް ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަ ކުރެވެނީ އުމުރުން ދުވަސްވީ ފަރާތްތަކަށް ލިބޭ ގޯނާއާއި ހާނިއްކަ އާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކުން އެފަރާތްތައް ރައްކާތެރިކުރުމަށް ބާރު އެޅުމުގެ ގޮތުންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރިމަތިވާ ތަފާތު މައްސަލަ ތަކާމެދު މުޖުތަމަޢުގައި ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތް ކުރުމަށެވެ. ޝައްކެއްނެތް ގޮތުގައި އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ މުޖުތަމަޢުގައި…
ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި މެންބަރުން މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ދެންނެވުން
މިއަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ނުހަނު ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 8 ވަނަ އިޞްލާޙާއިއެކު އައި މުހިންމު ބަދަލުތަކަށްފަހު އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން، ވަކިން ޚާއްސަކޮށް މި އިޞްލާޙުގެދަށުން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ %33 އަންހެނުންނަށް ޚާއްސަކުރެވި، އެގޮތުގެމަތިން އިންތިޚާބު ކުރެވުނު އަންހެން ކައުންސިލަރުން މަޤާމާއި ހަވާލުވެވަޑައިގެންނެވި ދުވަހެވެ. މި ތާރީޚީ ދުވަހު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަޤާމުތަކަށް…
ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ނެރޭ ބަޔާން
މިއަދަކީ މިއަހަރުގެ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަސްކަމަށް ވުމާއެކު މި ދުވަހުގެ އިޚްލާސްތެރި ހެޔޮއެދުމާއި، ތަހުނިޔާ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާޢިޝަތު މުޙައްމަދު ދީދީގެ ނަންފުޅުގައާއި އަދި މިނިސްޓްރީގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ދަންނަވަމެވެ. މިއަހަރުގެ ޢާއިލާތަކުގެ ދުވަސް ބައްދަލުކޮށްފައި މިވަނީ ކޮވިޑް 19 ގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައި އޮތް ވަޤުތެއްގައެވެ. މިއީ ވަރަށް ގިނަ ޢާއިލާތަކަށް ނުތަނަވަސްކަމާއި، ކަންބޮޑުވުން ކުރިމަތިވެފައިވާ ވަޤުތެކެވެ. ކޮވިޑްގެ ސަބަބުން ޞިއްޙީގޮތުން ކުރިމަތިވާ…
ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ނެރޭ ބަޔާން
މިއަދަކީ ޤައުމީ ކުޑަކުދިންގެ ދުވަސްކަމުން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ކުޑަކުދިންނަށާއި އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ދުވަހުގެ އިހްލާސްތެރި ހެޔޮ އެދުމާއި، ތަހުނިޔާ މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ، އެންޑް ސޯޝަލް ސަރވިސަސްގެ ނަމުގައި ދަންނަވަމެވެ. ކުޑަކުދިންގެ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޮޑެތިވަމުން އަންނަ ކުދިންނަށް ބޭނުންވާ ރަގަޅު ތަޢުލީމާއި، ހެޔޮ ތަރުބިއްޔަތާއި، އަމާން ވެއްޓެއް ގާއިމް ކޮށްދިނުމަށް މަގުފަހިކޮށް އެކަންކަމުގައި މަސްއޫލުވާ އެންމެހާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުމެވެ. އަދި…