ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ފުރުޞަތު ހުޅުވާލައިފި އެވެ. މިއީ ޤާނޫނު ނަންބަރު: 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އަށް، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިޚާބަކަށްވާއިރު ހަތަރު ދާއިރާއަކުން މެމްބަރުން އިންތިޚާބު ކުރާނެ އެވެ.

  •   ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން (އިޢުލާންނުކުޅެދުންތެރިކަން ހުންނަ މީހުން)
  •  ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޙިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން (އިޢުލާންނުކުޅެދުންތެރިކަން ހުންނަ މީހުން)
  •  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން (އިޢުލާންނުކުޅެދުންތެރިކަން ހުންނަ މީހުން)
  •  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް އިންތިޚާބު ބޭއްވުން (އިޢުލާންނުކުޅެދުންތެރިކަން ހުންނަ މީހުން)

 

މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ޖަނަވަރީ 25 ވާ  އަންގާރަ ދުވަހުގެ  14:00ން ފެށިގެން، 2022 ޖަނަވަރީ 30 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މިމިނިސްޓްރީގެ disability@gender.gov.mv  މެއިލަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް މިމިނިސްޓްރީ އިން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށެވެ.

މި ހަތަރު ދާއިރާއިން މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2022 ފެބުރުވަރީ 19 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 15:00 އަށެވެ. އަދި މި ހަތަރު ދާއިރާއިމް އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ. މީގެ އިތުރުން އިންތިޚާބު ގެ އުސޫލު އަދި އިންތިޚާބާއި ގުޅޭ އެންމެހާ މައުލޫމާތުތައް ގެޒެޓުގައި ވާނީ ޝާއިޢު ކޮށްފައެވެ.

Rehendhi Award އެޕްލިކޭޝަން ފޯމް

23 ޖުމާދަލްއާޚިރާ 1443

26 ޖަނަވަރީ 2022

Leave a Reply

Your email address will not be published. Required fields are marked *