ތާރީޚް 30/01/2018

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ދ.ކުޑަހުވަދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. ޖަނަވަރީ 28 އިން 29 އަށް ކުރެއްވި މި ދަތުރުފުޅުގައި، ދ.ކުޑަހުވަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ސެންޓަރުގެ މުވައްޒަފުންނާ މިނިސްޓަރ މަޝްވަރާކުރެއްވިއެވެ. ދ.ކުޑަހުވަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، ދ.އަތޮޅު ކައުންސިލާއި، ދ.ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާ ވެސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ. އަދި އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން…