ތާރީޚް 23/08/2018

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނާއެކު އަޟްޙާ ޢީދުގެ މުނާސަބަތުގައި އިންތިޒާމުކުރެވުނު ހަރަކާތްތަކުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ. މި ގޮތުން، ބުދަ ދުވަހު ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގެ ކުދިންނާއެކު އެ ކަމަނާ ވަނީ ވިންޓަރ ޕާކަށް ޒިޔާރަތްކުރައްވައި، ރަސްރަނި ބަގީޗާގެ ތަފާތު ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ސްކޫޕް އައިސްކްރީމް ޝޮޕަށް ވަޑައިގެން، އެ ކުދިންނާއެކު ވަގުތު ހޭދަކުރައްވައިފައިވެއެވެ. މި ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ މިނިސްޓްރީ…