މިނިސްޓަރ ޝިދާތާ ދ.ކުޑަހުވަދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ތާރީޚް
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފު ދ.ކުޑަހުވަދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. ނޮވެމްބަރު 26ގައި ކުރެއްވި މި ދަތުރުފުޅަކީ، ދ.ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ދައުރަކަށް އެކުލަވައިލުމާ ގުޅިގެން ބާއްވާ ޙަފުލާ ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ. މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ އަތޮޅާއި ރަށުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއް ކަމުގައި މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އެހެން ކަމުން، މި…

އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުޙަލާއެއްގައި ވެސް ލިބެން ޖެހޭ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވެއްޖެ

ތާރީޚް
އަނިޔާ ލިބޭ އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ކޮންމެ މަރުޙަލާއެއްގައި ވެސް ލިބެން ޖެހޭ ކަމަށާއި، މި ފަދަ ޙައްސާސީ މައްސަލަތަކުގައި ކަމާ ބެހޭ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ކޮންމެ އަހަރަކު ވެސް ނޮވެންބަރު 25ން ޑިސެންބަރު 10ށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "16…

ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ސެންސަރީ ރޫމެއް ގާއިމުކޮށްފި

ތާރީޚް
ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ސެންސަރީ ރޫމެއް ގާއިމުކޮށްފިއެވެ. މި ސެންސަރީ ރޫމް ރަސްމީކޮށް ހުޅުވައިދެއްވީ ފިޔަވަތީގައި މިއަދު ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ މުނީރު އ. ސަފީލްދީނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މި ސެންސަރީ ރޫމް ޚާއްޞަކުރެވިފައިވަނީ ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ…

ހާނިއްކައާއި އަނިޔާއާއިން ރައްކައުތެރިވެފައިވާ މާޙައުލެއްގައި ދިރިއުޅުމާއި މަސައްކަތްކުރުމުގެ ޙައްޤު ކޮންމެ އަންހެނަކަށް ވެސް އޮންނަން ޖެހޭނެ ކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވެއްޖެ

ތާރީޚް
ހާނިއްކައާއި އަނިޔާއާއިން ރައްކައުތެރިވެފައިވާ މާޙައުލެއްގައި ދިރިއުޅުމާއި މަސައްކަތްކުރުމުގެ ޙައްޤު ކޮންމެ އަންހެނަކަށް ވެސް އޮންނަން ޖެހޭނެ ކަމަށާއި، އެއްވެސް މީހަކީ ސިއްރިއްޔާތުގައި އަނިޔާ ތަޙައްމުލުކުރަން ޖެހިފައިވާ މީހަކު ކަމުގައި ވެގެންނުވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ. ފިލިޕީންސް އެމްބަސީގެ ފަރާތުން އިންތިޒާމުކުރާ "ޖެންޑަރ އެވެއަރނަސް އެންޑް ޑެވަލޮޕްމަންޓް ޕްރޮގްރާމް އޮން ލޭބަރ ރިލޭޓަޑް ކޮންސަރންސް އިންކްލޫޑިންގ ސެކްޝުއަލް ހެރަސްމަންޓް އެންޑް ޑޮމެސްޓިކް ވަޔަލެންސް އިޝޫޒް" ޕްރޮގްރާމް ހުޅުވުމުގެ…

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވޯކްޝޮޕެއް ހިންގައިފި

ތާރީޚް
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން 9 ދުވަހުގެ މުއްދަތަށް ވޯކްޝޮޕެއް ހިންގައިފިއެވެ. އެމެރިކަން ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ މަޤްޞަދަކީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް ބާރުވެރިކުރުވުމާއި، އެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ޢަމަލުކުރާނެ އުސޫލުތައް ބާޔާންކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމެވެ. ޖުމުލަ 22 މީހުން ބައިވެރިވި މި ޕްރޮގްރާމްގައި، ޖިންސީ ފުރައްސާރައާއި، ގެވެށި އަނިޔާއާއި، ޖެންޑަރ އަދި…

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހާސިލުކޮށްފި

ތާރީޚް
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން، އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތިން ވީހާ ވެސް ގިނައިން މަޢުލޫމާތު ޢާންމުކުރުމަށް ހިތްވަރުދިނުމަށާއި، ފަސޭހަ ކަމާއެކު މަޢުލޫމާތު ލިބޭނޭ ގޮތަށް މަޢުލޫމާތު ބެލެހެއްޓުމަށް ބާރުއެޅުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މި އަހަރު ހާސިލުކޮށްފިއެވެ. މި މަޤާމު މިނިސްޓްރީއަށް ލިބިފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ…