ތާރީޚް 13/02/2019

އުމުރުން ދުވަސްވީ މީހުންނާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުން ބަދަލުކޮށް، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ބަސްބުނުމުގެ އިޚްތިޔާރު އެ ފަރާތްތަކަށް ހޯދައިދިނުމަށް ބާރުއަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. 2019ވަނަ އަހަރަށް ރަންވޭލާ ކެމްޕޭން ފައްޓަވައި ދެއްވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ ކޮންފަރެންސް ހޯލްގައި އިންތިޒާމުކުރެވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން…