ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞަ ހޮލިޑޭ ޕްރޮގްރާމްތަކެއް ހިންގައިފި
ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ހޮލިޑޭ ޕްރޮގްރާމްތަކެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހިންގައިފިއެވެ. މި ޕްރޮގްރާމްތައް ހިންގިފައި ވަނީ ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ޝައުޤުވެރިކަން ހުންނަ އެކި ދާއިރާތަކުން ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށެވެ. ފިޔަވަތިގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ކިޑްސް ބޭކިންގ ޕްރޮގްރާމަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގުނު "ޕޮލިސް ކޭމްޕު" ފާހަގަކޮށްލެވެއެވެ. ކުޑަކުދިންގެ ހިޔާގައި…
ވިޔަފާރީގެ ފަހި ފުރުޞަތުތައް ތަނަވަސްކޮށްދީގެން އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް – މިނިސްޓަރ ޝިދާތާ
ވިޔަފާރީގެ ފަހި ފުރުޞަތުތައް ތަނަވަސްކޮށްދީގެން އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމް.އޭ.ވީ.އީ)އިން ސެޕްޓެމްބަރު މަހުގެ 6ން 7ށް ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019 އިވެންޓުގެ އިފުތިތާހީ ޖަލްސާގައި އިއްޔެ ވާހަކަފުޅު…
އެމް.ޑަބްލިޔު.އެސް.ސީގެ 66 މުވައްޒަފަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފި
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށް ގެންދާ ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)ގެ 66 މުވައްޒަފަކަށް ހިންގައިފިއެވެ. މިޕްރޮގްރާމްގެ މަޤްޞަދަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް މުވައްޒަފުން އަހުލުވެރިކުރުވައި، މި ބާވަތުގެ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރުވުމެވެ. މި…
އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ގޭތެރޭގައި ކުރާ މަސައްކަތްތައް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުން ހިމެނޭ – މިނިސްޓަރ ޝިދާތާ
މި ސަރަޙައްދުގެ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އުޖޫރަ ނުލިބޭ ގޮތަށް ގޭތެރޭގައި ކުރާ މަސައްކަތްތައް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުން ހިމެނޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ނިއު ދިއްލީގައި އޮގަސްޓު މަހުގެ 31ން ސެޕްޓެންބަރުގެ 3ގެ ނިޔަލަށް ކުރިއަށް ދާ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން)ގެ 10ވަނަ ކޮންފަރެންސްގެ އިފުތިތާހީ ޖަލްސާގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ…
ސަރުކާރުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ތަޢާރަފުކުރެވިފައިވާ ސްކީމްތަކުން ރައްޔިތުންނަށް ފައިދާކުރާ މިންވަރު ދެނެގަތުމަށް ޓަކައި މިނިސްޓަރ ޝިދާތާ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވަން ފައްޓަވައިފި
ސަރުކާރުން ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ގިނަ ސްކީމްތަކެއް ތަޢާރަފުކޮށް ކުރިއަށް ގެންދާ އިރު، އެ ފަދަ ސްކީމްތަކުގެ ސަބަބުން ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުވެ، ފައިދާކުރާ މިންވަރު ދެނެގަތުމަށް ޓަކައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ބައެއް ގޭގެއަށް މިއަދު ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ. އެ ގޮތުން މާލެއާއި ވިލިމާލޭގެ ހަތަރު ގެއަކަށް އެ ކަމަނާ މިއަދު ޒިޔާރަތްކުރައްވައިފައިވާ އިރު، މިނިސްޓަރގެ އަރިހުގައި މިނިސްޓްރީން އެކުލަވައިލައިފައިވާ އިންޓަރވެންޝަން…
ލ.އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ލ.އަތޮޅުގެ ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ)ތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ. މި މަހުގެ 24ން 26ށް ލ.އަތޮޅު ގަމުގައި އިންތިޒާމުކުރެވުނު މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ލ.އަތޮޅުގައި ގާއިމުކުރެވުނު ސީ.އެސް.ޖީތަކުގެ ދައުރާއި ޒިންމާތަކަށް ކޮމިޓީގައި ތިއްބަވާ މެންބަރުން އަހުލުވެރިކުރުވުމާއި، އިޖުތިމާޢީ މައްސަލަތަކާއި ނާޒުކު ޙާލަތުތަކުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭ ގޮތުން ފާހަގަކުރެވޭ…