ނޫސް ބަޔާން

ތާރީޚް
ދުނިޔޭގައި މިހާރު ފެތުރެމުންދާ "ކޯވިޑް-19" ރޯގާއާ ގުޅިގެން، އެ ރޯގާއިން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ އަންނަނިވި ފިޔަވަޅުތައް އަޅައިފައެވެ. - މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ ޢާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑައިލުން. - މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތަޢުލީމާއި، ތަރުބިއްޔަތާއި މުނިފޫހިފިލުމުގެ އިންޒާމުތައް މަރުކަޒުތަކުގައި ހަމަޖެއްސުން. - މަރުކަޒުގައި ދިރިއުޅޭ ކުއްޖަކަށް ނުވަތަ މީހަކަށް ރޯގާ ޖެހިއްޖެ ނަމަ…

ނޫސް ބަޔާން

ތާރީޚް
20 ނޮވެންބަރު 2019ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)އަށް ޢަމަލުކުރަން ފަށާނީ 20 ފެބުރުވަރީ 2020ވާ ބުރާސްފަތި ދުވަހުގައެވެ. މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުން ހިމެނެއެވެ. އަދި ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައްޔާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާޢީ…

ނޫސް ބަޔާން

ތާރީޚް
ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ގުޅުންހުރި، (މި ހިނގާ ފެބުރުވަރީ މަހުގައި 22 އަހަރު ފުރޭ) ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ޤާނޫނީ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2017ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި ދެންނެވި މީހާއާ ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ފުރަތަމަ ބައްދަލުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ އަހަރުގެ ޖަނަވަރީ މަހުގައެވެ. 2017ވަނަ އަހަރު މި ދެންނެވި މައްސަލަ ދައުލަތުގެ ސަމާލުކަމަށް އައިއިރު ވެސް މި މައްސަލައިގައި ހިމެނޭ މީހާއަށް 18 އަހަރު…

ނޫސް ބަޔާން

ތާރީޚް
އިޖުތިމާޢީ ގޮތުން ޚިދުމަތްކުރެއްވުމަށް ޓަކައި އޮނަރަރީ މަޤާމުތަކުގައި ހުންނަވާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި ޢާންމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމުގައިވާއިރު، ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ޑިސެންބަރު 2019ގައި ބޭއްވި ރިވެލި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި "އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރ"ކަން އެރުވިފައިވާ ގ.ނީރުވީކް އަޙްމަދު ހިޝާންއާ ގުޅުން ހުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ބަލަމުންދާކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށް ލިބިފައިވާތީ، އެ އޮނަރަރީ މަޤާމުން ގ.ނީރުވީކް އަޙްމަދު ހިޝާން…

ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކަށް 14،000 އެމެރިކާ ޑޮލަރު ހަދިޔާކުރައްވައިފި

ތާރީޚް
ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް 14،000 އެމެރިކާ ޑޮލަރު (215،880 ރުފިޔާ) ހަދިޔާކުރައްވައިފިއެވެ. ލަކްސް ސައުތު އަރި އެޓޯލްގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި އެ ރިސޯޓުގެ ފަރާތުން އެހީ ޙަވާލުކޮށްދެއްވީ ޖެނެރަލް މެނޭޖަރ ޖޮނަސް އަމްސްޓަޑްއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އެހީއާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އަލްފާޟިލާ ޝިދާތާ ޝަރީފެވެ. މި އެހީއަކީ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރެވުނު 7،000 އެމެރިކާ…

ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާން ސަރުކާރުގެ ފަރާތުން 86,961 އެމެރިކާ ޑޮލަރު ހަދިޔާކުރައްވައިފި

ތާރީޚް
ކ.ގުރައިދޫގައި ޤާއިމުކުރެވިފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާން ސަރުކާރުގެ ފަރާތުން 86,961 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ހަދިޔާކުރައްވައިފިއެވެ. ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެހީ ޙަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އެހީއާ ޙަވާލުވެވަޑައިގެންނެވީ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ…